ހދ. ކުޅުދުއްފުށި ސިޓީ
|
15 ޖެނުއަރީ 2022 | ހޮނިހިރު 20:40
ނޮޅިވަރަމު ސްކޫލް ހޯލްގައި ބައްދަލުވުމެއް ކުރިއަށްދަނީ
ނޮޅިވަރަމު ސްކޫލް ހޯލްގައި ބައްދަލުވުމެއް ކުރިއަށްދަނީ
ނޮޅިވަރަމް ސްކޫލް އެފްބީ ޕޭޖު
ނޮޅިވަރަމު ސްކޫލްގެ މަލްޓި ޕާޕަސް ހޯލް
ނޮޅިވަރަމު ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި
ބީލަމުގައި ބައިވެރިވުމަށް  500ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 40,000ރުފިޔާ ހުށަހަޅަން ޖެހޭ

ހދ. ނޮޅިވަރަމު ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދުމުގެ މަތިން ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ އިޢުލާންކޮށްފައި ވަނީ 01 ޑިސެމްބަރ 2021ގައެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ މިނިސްޓްރީން ވަނީ މި މަސައްކަތަށް ކޮށްދިނުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު، 13 ޖަނަވަރީ 2022ގައި އަލުން ހުޅުވާލާފައެވެ.

ބީލަމުގައި ބައިވެރިވުމަށް  -/500 (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/40,000ރ (ސާޅީސް ހާސް ރުފިޔާ) ހުށަހަޅަން ޖެހެއެވެ.

ބީލަމުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައި ވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މީގެއިތުރުން މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ ދަށުންނެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން، 16 ޖަނަވަރީ 2022އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

- ކޮމެންޓް