ކ. މާލެ
|
15 ޖެނުއަރީ 2022 | ހޮނިހިރު 20:33
ށ. މަރޮށީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުން
ށ. މަރޮށީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުން
ޕްލޭނިންގ މިނިސްޓްރީ
މަރޮށީގެ ބަނދަރު ތަރައްގީކުރުން
މަރޮށީގެ ބަނދަރުގެ މަސައްކަތް ނާއިބުރައީސް އިފްތިތާހުކޮށްދެއްވައިފި
މިއީ 43.3 މިލިއަން ރުފިޔާގެ މަޝްރޫއެއް
މި މަސައްކަތް ހަވާލުކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ

ށ. މަރޮށީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި މަސައްކަތް ނައިބުރައީސް އިފްތިތާހުކޮށްދެއްވީ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ށ. މަރޮއްޓަށް ވަޑައިގެންނެވެ.

މަރޮށީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއަކީ 43.3 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ.

ށ. މަރޮށީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުން - ޕްލޭނިންގ މިނިސްޓްރީ

މި މަޝްރޫއުގެ ދަށުން 26،330 ކިއުބިކް މީޓަރ ބަނދަރާއި ނެރު ފުންކުރުމާއި، 202 މީޓަރ ގްރޮއިންގ ޖެހުމާއި، 490 މީޓަރ ސޭންޑް-ފިލް ބްރޭކްވޯޓަރ ޖެހުން ހިމެނޭ ކަމަށް, މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރއިން ބުނެފައިވެއެވެ. އަދި 131 މީޓަރު ބޮޑުހިލައިގެ ބޭރު ތޮށި ޖެހުމާއި، 268 މީޓަރ ރިވެޓްމެންޓް ޖެހުމާއި އަދި 2 ނެވިގޭޝަން ލައިޓް ހަރުކުރުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން 416 މީޓަރ އެއްގަމު ތޮށި ލުމާއި، 75 މޫރިންގ ރިންގު ހަރުކުރުމާއި، 12 މޫރިންގ ބޮއި ހަރުކުރުން މި މަޝްރޫއުގައި ހިމެނެއެވެ. އަދި އެއްގަމު ތޮށިން ބޭރުތޮއްޓަށް އެރުމަށް ބްރިޖެއް އެޅުމާއި، ރޭމްޕް ހެދުން އަދި 20 މަގު ބައްތި ހަރުކުރުން މި މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

މިނިސްޓްރީން ހެވީ ފޯސްއާ ހަވާލުކޮށްފައި މިވާ މަޝްރޫއުގެ މުއްދަތަކީ 420 ދުވަހެވެ.

- ކޮމެންޓް