Advertisement
ކ. މާލެ
|
8 ޖެނުއަރީ 2022 | ހޮނިހިރު 23:08
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު
ރާއްޖެއެމްވީ
ކޯލިޝަން ދެމެހެއްޓުން
ކޯލިޝަން ދެމެހެއްޓުމުގައި ރައީސް ސޯލިހަށްވުރެ މޮޅު މާލިމީއެއް ފެނިފައެއް ނުވޭ: ސްޓޭޓް މިނިސްޓަރ
ގިނަ ގޮންޖެހުންތަކާއެކު ވެސް ތިން އަހަރު ކަޑައްތު ކޮށްފައިވަނީ ވަރަށް ކާމިޔާބު ކަމާއެކު
ރައްޔިތުންނާ ބައްދަލުކުރައްވައި އަބަދުވެސް އުންމީދު މެސެޖްތައް ދެއްވާ
ތަރައްގީގެ މަޝްރޫއުތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދޭ

ކޯލިޝަން ވެރިކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ މޮޅު މާލިމީއެއް ފެނިފައިނުވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ސަރުކާރު ގެނައީ ކޯލިޝަނަކުންނެވެ. ކޯލިޝަން އެކުލަވާލުމަށް އެއްބަސްވުމެއް ހަދާފައިވާއިރު އެއްބަސްވުމާ އެއްގޮތަށް ކެބިނެޓަށް ވަޒީރުން އައްޔަން ކުރުމަށް އަދާލަތު ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި ޖުމްހޫރީ ޕާޓީއަށް ވަކި ވަރަކަށް ސްލޮޓްތައް ދިނެވެ. ވަޒީރުންގެ އިތުރަށް ސިޔާސީ އެކިއެކި މަގާމުތަކަށް މީހުން އައްޔަން ކުރެވުނީ ވެސް މިފަދައިންނެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އަލީ ވިދާޅުވީ، ކޯލިޝަން ވެރިކަން ދެމެހެއްޓުމުގައި ރައީސް ސޯލިހަށް ވުރެ މޮޅު މާލިމީއެއް މިގައުމުގައި ނެތް ކަމަށާއި، ގިނަ ގޮންޖެހުންތަކާއެކު ވެސް ތިން އަހަރު ކަޑައްތު ކޮށްފައިވަނީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކާ ގާތްގުޅެއް ބާއްވަވާކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ކޮވިޑް-19ގެ ޕެންޑަމިކްއާއެކު ކާމިޔާބު ކަމާއެކު ގައުމު ހިންގާ ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދާ ކަމަށެވެ. މުޅި ރާއްޖެއަށް ތަރައްގީ ގެނައުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، ރައީސް ސޯލިހަކީ ބަސްމަދު އަމަލު ގިނަ ބޭފުޅެއް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންނާއި ބައްދަލުކުރައްވައި އަބަދުވެސް އުންމީދު މެސެޖްތައް ދެއްވާ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތަށް އިޝާރާތް ކުރައްވައި އަލީ ވިދާޅުވީ، ކޮވިޑް މެނޭޖްކުރުމުގައި މިސަރުކާރުން ނަމޫނާ ދައްކާފައިވާ ކަމަށެވެ. ދަތިހާލުގައި ވެސް ރައްޔިތުންނަށް އަރާމު އުފާވެރި ދިރިއުޅުމެއް ހޯދައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ މިސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފެނުމުން އިދިކޮޅު ފަރާތްތަކުން ހަޖޫޖަހާ ކަމަށާއި، ބުރަދަނެއް ހުންނަ ވާހަކައެއް ނުދައްކާ ކަމަށެވެ. އަދި ހަރުދަނާ އިދިކޮޅު ސިޔާސަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް