Advertisement
ކ. މާލެ
|
20 ޖޫން 2022 | ހޯމަ 06:03
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު
ރާއްޖެއެމްވީ
2023ގެ ރިޔާސީ އިންތިޚާބު
ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ، ކުރާނެ ގޮތެއް އަދި ނުނިންމާ: ޖޭޕީ
ގޮތެއް ނިންމާނީ ޕާޓީގެ ބައްދަލުވުމުގައި ކަމަށް އަލި ސޯލިހު ވިދާޅުވި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރާނެ ކަމަށާއި ނަމަވެސް ކުރާނެ ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ މިހާރު ދުނިޔެ އޮތް ހާލަތަށް ބަލާއިރު ސިޔާސީ ކަންކަމަށް ނުކުމެ އުޅުމަށްވުރެ ރަނގަޅު ގޮތަކީ ޤައުމުގެ ހަމަޖެހުމާއި އިސްތިގުލާލު ދެމެހެއްޓުމަށް އިސްކަން ދިނުން ކަމަށެވެ. އެހެންވެ މިހާރު އޮތް ހާލަތަށް ބަލާއިރު ސިޔާސީ މަސްރަހަށް ނުކުމެ ޤައުމު ހަލަބޮލި ކުރުމަށް ޕާޓީން ނުދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

2023 ގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރާނެކަން ފާހަގަ ކުރައްވައި އަލީ ސޯލިހު ވިދާޅުވީ ވާދަ ކުރި ނަމަވެސް ވާދަ ކުރަނީ ވަކިން ކަމެއް ނުވަތަ ކޯލިޝަން އަކާއިއެކު ކަމެއް އަދި ޕާޓީން ނުނިންމާ ކަމަށެވެ.

އިންތިޚާބަށް ވާން ޖެހޭ ތައްޔާރިތައް އެބަވަން. ޕާޓިގެ ހުރިހާ ކަމެއް ބައްޓަން ކުރެވިގެންވެސް މިދަނީ 2023އާ ދިމާލަށް. އަޅުގަނޑުމެން އިންތިޚާބުގައި ވާދަ ކުރާނަން. އެކަމަކު ވާދަ ކުރާނެ ގޮތް އަދި ދަންނަވަން ދަތި. އެއީ ގިނިކަންޏާތޯ ނުވަތަ ކޯލިޝަނެއްގެ ތެރެއިންތޯ އަދި މިއޮތް ކޯލިޝަންގެ ތެރެއިންތޯ، މިއީ އަދި ނުނިމި ހުރި ކަންކަން،
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ކޯލިޝަނާއެކު ނުކުންނަވަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ކޯލިޝަންއަކާއެކު ނުކުމެވަޑައިގަންނަވާނަމަ އެމަނިކުފާނަށް 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޝައުގުވެރިކަން ފާޅު ކުރެއްވުމުން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ތާއީދު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް