Advertisement
ކ. މާލެ
|
22 އޯގަސްޓް 2022 | ހޯމަ 14:27
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު
ރާއްޖެއެމްވީ
އަލީ ސާލިހަށް ހަމަލާ ދިނުން
ސަރުކާރުގައި ހިމެނޭ މީހެއްކަމަށް ބުނެ އަލީ ސާލިހަށް ހަމަލާދީ ޒަހަމްކޮށްލައިފި
އަލީ ސާލިހުގެ އަތް ވަނީ ޒަހަމްވެފައި
ކަރަށް ދިން ހަމަލާއިން ސަލަމާތްވި ނަމަވެސް، ލައިގެން ހުރި ގަމީސް ކަފައިގެން ދިޔަ
މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވޭ

ސަލްމާން މިސްކިތު މިންބަރަށް އައިސިސް ދިދަ ހިފައިން އެރި މީހާ، ސްޓޭޓް މިނިސްޓަރު އަލީ ސާލިހަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އަލީ ސާލިހު ވިދާޅުވީ އޭނާއަށް ހަމަލާދިނީ ހުޅުމާލޭގެ ރެއިންބޯ ފިހާރަ ކައިރިން ކަމަށެވެ. ހަމަލާދިން މީހާ އޭނާ ކައިރިއަށް ގޮސް ތިއީ ސަރުކާރުގައި ހިމެނޭ މީހެއް ކަމަށް ބުނެ، ތި މީހުންނަކީ ދީނީ އިލްމުވެރިންނާއި ދެކޮޅު ބައެއް ކަމަށް ބުނުމަށްފަހު، ކަޓަރަކުން ހަމަލާދިނީ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

އަލީ ސާލިހު ވިދާޅުވީ އޭނާގެ އަތް ޒަހަމްވެފައިވާ ކަމަށާއި، ދެވަނަ ހަމަލާ ދިނީ ކަރާ ދިމާލަށް ކަމަށެވެ. ނަމަވެސް ކަރަށް އަނިޔާއެއް ނުވާ ކަމަށާއި، ކަރާއި ދިމާލުން ގަމީސް ކަފައިގެން ގޮސްފައި ހުރި ކަމަށެވެ. އަލީ ސާލިހަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުުންނެވެ.

Advertisement

އަލީ ސާލިހަށް ހަމަލާ ދިން މީހާއަކީ މީގެ ކުރިން، ހުކުރު ދުވަހެއްގައި ސަލްމާން މިސްކިތުގެ މިންބަރަށް އައިސިސް ދިދައެއް ހިފައިގެން އަރައި އަޑުގަދަ ކުރި މީހެކެވެ. އަދި އެފަހުން ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއް އޮތް ތަނަކަށް ގޮސް ދަބަހެއް އެއްލާލުމަށްފަހު ގޮއްވާލާނެކަމަށް ބުނެ އިންޒާރުވެސް ދީފައިވާ މީހެކެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭގައި ހުއްޓާ އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލައެއް މެންދުރު 1:26 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
22 އޯގަސްޓް 2022 | ހޯމަ 14:45
ރަންބިސް
ތި ނިމުނީ އަނެއްދޮރުން ދޫކޮށްލާނެ