ކ. މާލެ
|
8 ޖެނުއަރީ 2022 | ހޮނިހިރު 09:44
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
އެމްޑީޕީ
ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެމްޕެއިން ލޯންޗުކުރުން
ކުރިޔަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު ހެޔޮވާނެ، އިންގިލާބީ ބަދަލުތަކެއް މިސަރުކާރުން ގެންނާނެ: ފައްޔާޒު
ފައްޔާޒު ވިދާޅުވީ މިސަރުކާރުގައި އުމްރާނީ ތަރައްގީގެ ބައިވަރު މަޝްރޫޢުތައް ކުރިޔަށްދާކަމަށް
ކޮވިޑްގެ މިޕެންޑަމިކްގެ ތެރޭގައި ކަންކަން ކުރެވިފައިމިވަނީ ހިކުމަތްތެރިކަމާއެކު ކަންކަން ކުރުމުގެ ގާބިލުކަމާއި ވިސްނުންތެރިކަން އަދުގެ ސަރުކާރުގައި ހުރުމުން

ކުރިޔަށް އޮތްތަނުގައި ޑޮލަރުގެ އަގު ހެޔޮވެގެން ދާނެކަމަށާއި އިންގިލާބީ ބަދަލުތަކެއް މިސަރުކާރުން ގެންނާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ރަސްމީކޮށް ތަޢާރަފް ކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ކޮވިޑްގެ މިޕެންޑަމިކް ތެރޭގައި އަދިވެސް ބޮޑެތި ގޮންޖެހުން ތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ދުނިޔޭގައި އަދިވެސް ދަނީ ތަކެތީގެ އަގު ބޮޑުވަމުން ކަމަށާއި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ އޭގެ އަސަރު ރާއްޖެއަށްވެސް ކުރާނެއެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެކަމުގެ އަސަރުވީހާވެސް ކުޑަކޮށް ރައްޔިތުންނަށް ލުއި ހޯދައި ދިނުމަށްކަމަށާއި މިސަރުކާރުގައި އެގާބިލުކަން އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށް އޮންނައިރު 100ށް ވުރެ ގިނަ ބަނދަރު ހެދުމުގެ މަސައްކަތް މިތިން އަހަރުތެރޭ ކުރިޔަށް ގެންދެވިފައި ވާކަމަށެވެ. 100ށް ވުރެ ގިނަ ފެނާއި ނަރުދަމަގެ ނިޒާމާއި އެތައް އިންޖީނުގެތަކެއް އަލަށް އެޅި ނުވަތަ ރައްޔިތުން ދިރިއުޅޭ ހިސާބުތަކާއި ދުރަށް ގެންގޮސް ދެވިއްޖެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އުމްރާނީ ތަރައްގީގެ ބައިވަރު މަޝްރޫޢުތައް ކުރިޔަށް ދާކަމަށް ވިދާޅުވެ ފައްޔާޒު ވަނީ މިސަރުކާރު ސްލޯތޯ ސުވާލު ކުރައްވާފައެވެ.

ސްލޯ އޭ ވިދާޅުވާއިރު މީގެ ވަރަށްގިނަ މަސައްކަތްތަކާ ހަވާލުވެ ތިއްބެވީ އެބޭފުޅުންގެ ކުންފުނިތަކުން. އަޅުގަނޑުމެންގެ ސަރުކާރަކުން ނުބަލަން އިނގޭތޯ މަސައްކަތް ހަވާލުކުރުމުގައި އަޅުގަނޑުމެންގެ ވާދަވެރިންނަށްތޯ އެމްޑީޕީއަށްތޯ. އަޅުގަނޑުމެން ބަލަނީ ހައްގު ގޮތުގައި ހުރިހާ ދިވެހި ރައްޔިތުން ބައިވެރިކޮށްގެން އެކަންކަން ކުރެވޭނެ ގޮތެއް ހޯދަން. މިހުރިހާ ކަމެއް ކުރަމުން މިދިޔައީ ކޮވިޑް ކިޔާ އެއްޗެއް އަޅުގަނޑުމެންނަށް ވެރިކަން ކުރަން ރައީސް އަށް ވެރިކަން ކުރަން ލިބުނު 3 އަހަރުތެރޭ 2 އަހަރު އަދިވެސް އެކަން ގުނަމުން މިދަނީ. މީގެން މިފެންނަނީ ހަރުދަނާ ސިޔާސަތުތަކާއެކު ހަރުދަނާ ސިޔާސަތު ކުރިޔަށް ގެންދިޔުމުގެ ގާބިލްކަން ހުރި ވެރިއެއް ލިބިފައިވާކަން. ވިސްނާލައްވާ ވޭރތުވެދިޔަ 30 އަހަރު ނުކުރެވިވާ އުމްރާނީ އެތައް ކަމެއް ރާއްޖޭގެ އެކި ރަށްރަށުގައި މިގެންދެވުނީ މުޅި ދުނިޔެ ހުއްޓުމަކަށް އައިސް އެތައް ގައުމެއްގެ އެތައް ރައްޔިތުންގެ ފުރާނަ ގެއްލިގެންގޮސް އެތައް ބަޔަކު ބިކަވެ ފަގީރުވެ ހަލާކުވެ ފުނޑު ފުނޑުވެފައިވާ ވަގުތެއްގައި.
ފައްޔާޒު އިސްމާއީލް/ އިކޮނޮމިކް މިނިސްޓަރ

ފައްޔާޒު ވިދާޅުވީ ކޮވިޑްގެ މިޕެންޑަމިކްގެ ތެރޭގައި މިކަންކަން ކުރެވިފައިމިވަނީ ހިކުމަތްތެރިކަމާއެކު މިފަދަ ހާލަތްތަކުގައިވެސް ކަންކަން ކުރުމުގެ ގާބިލުކަމާއި ވިސްނުންތެރިކަން އަދުގެ ސަރުކާރުގައި ހުރުމުންނެވެ. ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމާއި ކަންކަން ބަދަލުކުރުމާއި މިފަދަ ގާބިލިއްޔަތު ކަމެއް ލިބިފައިވާ ވެރިއަކާ އަދި މެނިފެސްޓޯގައިވާ ރައްޔިތުން ބޭނުންވާ ކަންކަން ކުރިޔަށް ގެންދިޔުމަށް ޓީމު އެކުލަވާލާ މަސައްކަތް ކުރުމުގެ ގާބިލުކަން މިއަދުގެ ސަރުކާރާއި އަދުގެ ރައީސްގެ ކިބައިގައި ވެއެއެވެ.

މިސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިންޓަރނެޓްގެ އަގު ހެޔޮކޮށް މިނިމަމް ވޭޖް ކަނޑައަޅާފައިވާކަމަށެވެ.

މިނިމަމް ވޭޖް އޮތީ ކަނޑާއަޅާފައި. ރިސޯޓްތަކުގައި މަސައްކަތްކުރާ 13،000 ދިވެހި މުވައްޒަފުންނަށް 358 މިލިއަން ރުފިޔާ ލިބޭނެ އިތުރަށް މިހާރު. ދިވެހި ސަރުކާރު ނުވަތަ ދައުލަތުގައި މަސައްކަތްކުރާ 15،000 ށް ވުރެ ގިނަ ރައްޔިތުންނަށް 600ށް ވުރެ ގިނަ މިލިއަން ރުފިޔާ ކޮންމެ އަހަރަކު ލިބޭނެ. މިއީ ހަމައެކަނި ރިސޯޓްތަކާއި ސަރުކާރުގެ ވާހަކަ އެކަނި. ހަމަ އެއްގޮތަކަށް ނުކުރެވުނު ކަމެއް ރައީސް ވަޑައިގެން އެކޮށްލެއްވީ. އަދިވެސް ބުނާނެ ސްލޯއޭ ކަމެއް ނުކުރެވެއޭ. މަސައްކަތްތެރިންގެ ހައްގުގައި އަދި ވިޔަފާރިވެރިންގެ ހައްގުގައިވެސް އެތައް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގާބިލްކަންވެސް އަދި ކެރުންވެސް ހުރީ މިސަރުކާރާއި ރައީސްގެ ގައިގައި. އެކަންކަން މިދަނީ ކުރަމުން.
ފައްޔާޒު އިސްމާއީލް/ އިކޮނޮމިކް މިނިސްޓަރ

ފައްޔާޒު ވިދާޅުވީ މިއަދުގެ ސަރުކާރުން ގެންނަމުންދާ ބަދަލުތައް އެހެން ގޮތަކަށް ފުރޮޅާލުމުގެ ފުރުސަތު ނުދޭނެ ކަަމަށެވެ.

- ކޮމެންޓް