އއ.ރަސްދޫ އަށް ޒިޔާރާތް ކުރާ ފަތުރުވެރިން ހެދުން އެޅުމުގެ ގަވާއިދާއި އެއްގޮތަށް އަމަލުކުރުވުމަށް ރަސްދޫ ކައުންސިލުން އެރަށަށް ފަތުރުވެރިން ގެންނަ ފަރާތްތަކަށް އަންގައިފިއެވެ
ފަތުރުވެރިން ގެންނަ ފަރާތްތަަކަށް މިކަން އަންގާފައިވަނީ ފަތުރުވެރިން ހެދުން އަޅާގޮތުގެ ޝަކުވާ ބޮޑުވެފައިވާތީއެވެ. ރަސްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެރަށަށް ޒިޔާރަތް ކުރާ ބައެއް ފަތުރުވެރިން ނިވާކަން ކުޑަ ހެދުން ލައިގެން އާންމު ތަންތަނުގައި އުޅެމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ދަނީ ލިބެމުންނެވެ. އެހެންކަމުން އެކަމަކީ ޚާއްސަ ގަވާއިދުތަކެއް ހެދިފައިވާ ކަމެއް ކަމަށާއި އެއަށް އަމަލުކުރުމަށް ލާޒިމް ކުރެވިފައިވާތީ އެ ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުވުމަށް ރަށަށް ފަތުރުވެރިން ގެންނަ ފަރާތްތަކަށް އަންގާކަމަށް ބުނެފއިވެއެވެ.
އއ.ތޮއްޑޫގައިވެސް ވަނީ އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ހެދުން އެޅުމުގެ ގަވާއިދު އަންގައިދިނުމުގެ ގޮތުން ނޯޓިސް ހަރުކޮށްފައެވެ.