ކ. މާލެ
|
31 މެއި 2017 | ބުދަ 00:20
ފިޝަރީޒް މިނިސްޓަރ: އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރެވޭ މައްސަލަތަކެއް އެބަހުރި
ފިޝަރީޒް މިނިސްޓަރ: އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރެވޭ މައްސަލަތަކެއް އެބަހުރި
މުހައްމަދު ޝަރުހާން
އޮޑިޓް ރިޕޯޓް
ފިޝަރީޒް މިނިސްޓްރީއަށް 39 މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް ރިޕޯޓް
އެފައިސާ ހޯދަން އަޅަންޖެހޭ ފިޔަވަޅެއް ނާޅައި

ފިޝަރީޒް މިނިސްޓްރީ އަށް އެކި ގޮތްގޮތުން ލިބެންޖެހޭ 39 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތް ކަމަށް އެ މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވި ފިޝަރީޒް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ މިނިސްޓްރީން ދޫކޮށްފައިވާ މަސްދޯނިތަކުންނާއި ދޯނިތަކުގައި އަޅާ އިންޖީނުތަކަށް ދައްކަންޖެހޭ ފައިސާ އާއި ހަތަރު ސަރަހައްދެއްގައި ބަހައްޓާފައިވާ އައިސް ޕްލާންޓްގެ ތެރެއިން ތިން ޕްލާންޓް ހަވާލުކޮށްފައިވާ ފަރާތްތަކުން މިނިސްޓްރީ އަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން 39.9 މިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުރި ކަމަށެވެ.

އޮޑިޓް ރިޕޯޓުގައިވާ ހަތަރު އައިސް ޕްލާންޓްގެ ތެރެއިން ހއ. އިހަވަންދޫގައި ބަހައްޓާފައިވާ ޕްލާންޓްގެ އާމްދަނީ އާއި ޚަރަދުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީއަކު ނެތެވެ. އަދި އެކަމުގައި މިނިސްޓްރީން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އިހަވަންދޫ އައިސް ޕްލާންޓުގެ ހިސާބުތައް މިނިސްޓްރީގައި ނެތުމުން އެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ނުކުރެވޭނެ ކަމަށް ރިޕޯޓުގައި ވެ އެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އެއް މަސް ވެއްޖެ ނަމަ، އެ ފައިސާ ހޯދަން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި އެ ފިޔަވަޅު އަޅައިގެން ވެސް ފައިސާ ނުލިބިއްޖެ ނަމަ ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހޭނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވީނަމަވެސް އެ ފައިސާ ހޯދަން ފިޝަރީޒް މިނިސްޓްރީން ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޮޑިޓްގައި ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންވެ، އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާއަރުވާފައެވެ.

- ކޮމެންޓް