Advertisement
ކ. މާލެ
|
30 މެއި 2017 | އަންގާރަ 22:27
ދެކުނުގެ ބައެއް ރަށްތަކަށް ވެސް ކެރީގެ އަސަރުފޯރާނެކަމަށް މެޓުން ލަފާކުރޭ
ދެކުނުގެ ބައެއް ރަށްތަކަށް ވެސް ކެރީގެ އަސަރުފޯރާނެކަމަށް މެޓުން ލަފާކުރޭ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހއ. ފެށިގެން ތ. އަތޮޅަށް ގަދައަށް ވިއްސާރަކުރާނެ: މެޓް
ހއ. ފެށިގެން ތ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފަ
ވައިޓް އެލާޓް ނެރެފައި ވަނީ އަންގާރަ ދުވަހުގެ ހަވީރު 5.45 އިން ފެށިގެން މިރޭގެ 10.45 އާއި ދެމެދު
ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެގެންދާނެ

ހއ. ފެށިގެން ތ. އަތޮޅަށް އަތޮޅަށް ގަދައަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސްއިން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެެވެ.

 

މޫސުމާބެހޭ ގައުމީ އިދާރާއިން އަންގާރަދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އަންގާރަ ދުވަހުގެ ހަވީރު 5.45 އިން ފެށިގެން މިރޭގެ 10.45 އާއި ދެމެދު ހއ. ފެށިގެން ތ. އަތޮޅަށް ގަދައަށް ވިއްސާރަކުރާނެކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެގެންދާނެކަމަށެވެ. އެހެން ހިސާބުތަކަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށްވެސް ވިއްސާރަކުރާނެ ކަމަށާއި، އަދި ގުގުރުންވެސް އެކަށީގެންވާކަމަށް މެޓުން ބުންޏެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ވެސް ކެރީގެ އަސަރުފޯރާނެކަމަށް މެޓުން ލަފާކުރެއެވެ.

 

 

ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 15 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.

 

ދެކުނަށް ކަނޑުތައް އާދައިގެވަރަކަށް ގަދަވެ، އަދި އެހެންހިސާބުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

 

ކޮޅިގަނޑުގައި ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮސްފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް