ކ. މާލެ
|
29 ޑިސެންބަރ 2021 | ބުދަ 18:19
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ރައީސް އޮފީސް
އިންކަމް ސަޕޯޓް އެލަވަންސް
ކޮވިޑާ ގުޅިގެން، ގިނަ އަދަދެއްގެ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ސަރުކާރުން ފޯރުކޮށްދިން: އަމީރު
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު 33.5 އިންސައްތަ ދަށަށް ދިޔަ

ކޮވިޑާ ގުޅިގެން ގިނަ އަދަދެއްގެ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ސަރުކާރުން ފޯރުކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ހުރި 23 ރަށުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާއިރު، އާންމުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު 33.5 އިންސައްތަ ދަށަށް ދިޔަކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އަދިވެސް މިކަމުން މުޅިން އަރައި ނުގަނެވޭނެ ކަމަށެވެ.

އޭރު ލިބޭނެ ކަމަށް އަންދާޒާ ކުރި 3.6 ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލިގެންދާނެ ކަމަށް މިހާރު ބެލެވިފައިވާއިރު، ކޮވިޑްގެ ތެރޭގައި ދަރަނި ނަގައިގެން ނަމަވެސް އިޤްތިޞާދު ހިފެހެއްޓުމަށް ސަރުކާރުން އަމާޒު ހިފި ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

2019 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުވާލައްވައި އަމީރު ވިދާޅުވީ އެ އަހަރަކީ ފާގަތި އަހަރެއް ކަމަށެވެ. 2014 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު އެވްރެޖްކޮށް ރާއްޖޭގެ އިގުތިސާދީ ދުވެލި 6.4 އިންސައްތައިގައި ހުރުމަށްފަހު 2019 އަހަރު 6.9 އިންސައްތައިން ކުރިއަރާފައިވާ ކަމަށެވެ.

އަދި ހަމަ އެ އަހަރު ފަތުރުވެރިކަމުގެ ޞިނާޢަތް 13.7 އިންސައްތައިން ވަނީ ކުރިއަރާފައެވެ. އަދި މިއީ މިއީ 2006 ވަނަ އަހަރުގެ ފަހުން ފަތުރުވެރިކަމުގެ ޞިނާޢަތް އެންމެ ކުރިއަރައިގެން ދިޔަ އަހަރު ކަމަށް އަމީރު ވިދާޅުވިއެވެ.

- ކޮމެންޓް