ކ. މާލެ
|
30 މެއި 2017 | އަންގާރަ 21:00
މާލޭގެ މަގެއްގެ މަތީގައި ކުނި ބަހައްޓާފައި
މާލޭގެ މަގެއްގެ މަތީގައި ކުނި ބަހައްޓާފައި
ޓްވިޓަރ
މާލޭ ކުނީގެ މައްސަލަ
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
މާލެތެރެވަނީ ވަރަށް ބޮޑަށް ގޮނޑުވެފައި

މާލޭގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ދޭނެ ހަމައެކަނި ފަރާތަކީ ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން (ވެމްކޯ) ކަމުގައި ސަރުކާރުން ކަނޑައަޅައިފި ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖޭންސީ (އީޕީއޭ) ން ހާމަ ކޮށްފިއެވެ.

މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަނާއި ޙަވާލުކޮށްފައިވަނީ ސަރުކާރުގެ ކުނި މެނޭޖްކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށްވެސް އީޕީއޭ އިން ބުނެފައިވެއެވެ.

އީޕީއޭ އިން ހާމަ ކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖުލައި 01 ވަނަ ދުވަހުން ފެށިގެން މާލޭގެ އެކި ސަރަޙައްދުތަކުން ކުނި ނަގައި އުކާލުމުގެ ޚިދުމަތް އެކުފުންނިން ދެމުންދާނެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ކުނީގެ ޚިދުމަތްތައް ޖުލައި މަހު ފަށާނެ ކަމަށް އީޕީއޭއިން ބުނުފައިވާއިރު، މާލޭގެ ކުނީގެ މައްސަލަ ދުވަހަކު ގޯސް ނުވާ ވަރަށް މިހާރު ގޯސްވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އެކަމަށް ނުރުހުން ފާޅު ކުރަމުންނެވެ. މަގުތަކަށް ފުނިފުންޏަށް ކުނި ޖަމާކޮށްފައިވާ ހުންނަ މަންޒަރަކީ މިހާރު އާއްމު ކޮށް ފެންނަ މަންޒަރެކެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންޑޭޓުން ކުނީގެ ކަންކަން ނެގުމަށްފަހު މިހާރު ކުނީގެ ކަންކަން ބަލަހައްޓަމުންދަނީ ހައުސިންގ މިނިސްޓްރީގެ ދަށުންނެވެ.

- ކޮމެންޓް