އެމްޑީޕީގެ ސަރުކާރުގައި ރުއް އާލާކުރުމުގެ ޕްރޮގްރާމެއް ފެއްޓެވި ކަމަށާއި އެކަން ކުރިއަށް ގެންދިޔަ ނަމަ މިއަދު އިތުރު އެއް މިލިއަން ކުރުނބާ އަޅާނެ ރުއް ހުރީސް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބާޒާރުގައި ކާށީގެ އަގު އިންތިހާއަށް ބޮޑުވެފައި ދަނޑިވަޅެއްގައި ރައީސް މުހައްމަދު ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ " އެމްޑީޕީގެ ސަރުކާރުގައި ރުއް އާލާކުރުމުގެ ޕްރޮގްރާމެއް ފެއްޓެވި ކަމަށާއި އެކަން ކުރިއަށް ގެންދިޔަ ނަމަ މިއަދު އިތުރު އެއް މިލިއަން ކުރުނބާ އަޅާ ރުއް ހުރީސް" ކަމަށެވެ.
MDP sarukaarugai ruh aalakurumuge program eh fettin.Mi kan kuriyah gendhiyanama miadhu ithuru 1 million kurumba alha ruh hurees pic.twitter.com/xqkaWZuxe1
— Mohamed Nasheed (@MohamedNasheed) May 30, 2017
މިދުވަސްވަރު މާލޭގެ ބާޒާރުގައި ކާށީގެ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެންމެ ކާއްޓެއް މާލޭގެ ބާޒާރުގައި ހުރީ 10 ރުފިޔާއިން ފެށިގެން 50 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ބާޒާރުގައި ކާށިވިއްކާ ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ކާށީގެ އަގު ދަށަށް ދިއުމަކީ ކައިރި ކަމެއް ނޫން ކަމަށެވެ. އެމީހުން ބުނާ ގޮތުގައި ކާށީގެ އަގު ބޮޑުވެފައިވަނީ ރަށްރަށުން ގިނަ އަދަދކަށް މިހާރު ކުރުނބާ ގެންނާތީ ކަމަށާއި ކުރުނބަލަށް ވުމުން އަޅަމުންދާތީ ކާށި ލިބުމަށް ދަތިވެފައިވަނީ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ ދަށުގައި ހުރި ރަށްރަށުން ގެންނަ ކާށި އެންމެ ބޮޑުވެގެން ވިއްކޭނީ ހަތް ރުފިޔާއަށް ކަމަށާއި އަދި ކުރުނބާ އެންމެ ބޮޑު އަގެއްގައި ވިއްކޭނީ 12 ރުފިޔާއަށް ކަމަށް ކަނޑައަޅައިފަ އެވެ.