Advertisement
ކ. މާލެ
|
30 މެއި 2017 | އަންގާރަ 20:31
ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް
ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް
ބީބީސީ
ލަންކާއަށް ފެންބޮޑުވުން
ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ލަންކާއަށް ވަޑައިގަންނަވަނީ
ސްރީލަންކާއިން ވަނީ ގައުތަކުގެ އެހީތެރިކަމަށް އެދިފަ
މިހާތަނަށް 151 މަރުވެ، 112 މީހުން ވީނުވީއެއް ނޭނގޭ
މި ހާދިސާގެ އަސަރު 442،299 މީހަކަށް ކޮށްފައިވާ ކަމަށް ލަންކާގެ ކަމަބެހޭ އިދާރާތަކުން ބުނޭ

ސްރީލަންކާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި މުދަލަށާއި ގެދޮރަށް ގެއްލުން ލިބިފައިވާތީ ބައިނަލްއަގުވާމީ އެހީތެރިކަމަށް އެގައުމުން އެދިފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ސްރީލަންކާއަށް ފޮނުއްވެވުމަށް ހަމަޖައްސަވައިފި އެވެ.

މިހާރު ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއާ ގުޅިގެން، ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖެއިން ފައިސާގެ އެހީއެއް ވެދެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ސްރީލަންކާއަށް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 151 މީހުން މަރުވެ 112 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އާދީއްތަ ދުވަހު ވަނީ ބުނެފައެވެ.

ޑިޒާސްޓަރ މެނޭޖް މަންޓުން ބުނީ މޫސުން ގޯސްވެ ހިނގި ހާދިސާތަކުގައި 52 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

ފެންބޮޑުވުމާއި ބިންގަޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސަތަކުގެ އަސަރު 114،124 އާއިލާއަކުން ޖުމްލަ 442،299 މީހަކަށް އަސަރުކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެއެވެ.

އެގައުމަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ބައި މިލިއަނެއްހާ މީހުން ހާލުގައި ޖެހިފައިވާއިރު، އެމީހުނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 185 ރިލީފް ކޭމްޕް ގާއިމްކުރެވި 2,000 މިލިޓަރީ އޮފިޝަލުން ދަނީ ހާލުގައި ޖެހިފައިވާ މީހުނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް