ކ. މާލެ
|
29 މެއި 2017 | ހޯމަ 21:52
ގަމު ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާގެ ބައިވެރިން
ގަމު ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާގެ ބައިވެރިން
ރާއްޖެއެމްވީ
ފެނަކަ ކޯޕަރޭޝަން
ކަރަންޓް ކެނޑޭތީވެ، ފެނަކައާއި ދެކޮޅަށް ލ. ގަމު ރައްޔިތުން މުޒާހަރާކޮށްފި
ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް ވަނީ ގޮވާލާފައި
ދެ މަސް ދުވަސް ވެއްޖެ 30 މިނެޓުން 30 މިނެޓުން ކަރަންޓް ދާތަ

ހައްދުންމަތީ ގަމު ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި އެރަށުގެ ރައްޔިތުން ފެނަކަ ކޯޕަރޭޝަނާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

 

ސުލްހަވެރިކަމާއި އެކު ކުރިއަށް ގެންދިޔަ މި މުޒާހަރާ ފަށާފައި ވަނީ ގަމު ކައުންސިލް އިދާރާ ކުރުމަތީގައެވެ. މުޒާހަރާގައި ބައިވެރި އާންމު ރައްޔިތުންގެ ކަންބޮޑުވުން އެމީހުން ހިފާއިގެން ތިބި ޕޯސްޓަރުތަކުގައި ވަނީ ލިޔެފައެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެމެން އަތޮޅު ކައުންސިލަށް އަލަށް އިންތިހާބްވި އަބްދުﷲ ޝަރީފް ވިދާޅުވީ، މި މުޒާހަރާ އަކީ ގަމު ތުނޑީ އަލަށް އާބާދުވާ ސަހައްދުގެ އެކި ހިސާބުތަކުން ކަރަންޓް ދާތީ ކުރާ ސުލްހަވެރި މުޒާހަރާ އެއް ކަމަށެވެ. އިންޖީނުގެތަކަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ ސަބަބުން ކަރަންޓް ކެނޑޭތާ ދެ މަސް ދުވަހަށް ވެއްޖެކަމަށް އެނާ ވިދާޅުވިއެވެ.

 

މި ކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

 

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މުޒާހަރާގައި ބައިވެރިވި މީހަކު ބުނީ ގަމު ތުނޑީގެ އެކި ހިސާބުތަކުން ކޮންމެ 30 މިނެޓުން 30 މިނެޓުން ކަހަލަ ގޮތަކަށް ކަރަންޓް ކެނޑޭ ކަމަށެވެ. އަދި ކަރަންޓް ކެނޑޭތީ އެކަން ގަމު ފެކަނަ ކޯޕަރޭޝަންގެ އިސްވެރިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެނާ ބުންޏެއެވެ.

ގަމު ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާގެ ބައިވެރިން ސުއޫރު ފާޅުކުރަނީ 

އިންޖީނުގެތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ކަމަށް ގަމު ފެނަކަ ކޯޕަރޭޝަނުން ބުނިނަމަވެސް ދެ މަސް ދުވަސް ވީއިރު މައްސަލަ ހައްލުވެފައި ނުވާ ކަމަށް އެނާ ބުންޏެއެވެ.  ގަމު ކައުންސިލް އިދާރާ ކުރިމަތިން ފެށި މި މުޒާހަރާ ނިންމާލާފައި ވަނީ ގަމު ތުނޑީ ބޮޑަތި މަގުތަކުން މުޒާހަރާގެ ބައިވެރިން ހިނގާލުމަށް ފަހުގައެވެ. 

 

ފެނަކަ ކޯޕަރޭޝަނުން ގަމުގެ ރައްޔިތުންނަން ކަރަންޓްގެ ހިދުމަތް ނުދެވޭނެމަ، ގަމު ކައުންސިލާއި  އިންޖީނުގެތަށް ހަވާލުކުރުމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ގަމު ކައުންސިލުން މިހާރު ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތް ދޭ އަގަށްވުރެ ހެޔޮއަގުގައި ހިދުމަތްދޭނެ ކަމަށް އެކަންސިލުން ބުންޏެއެވެ.

- ކޮމެންޓް