Advertisement
ކ. މާލެ
|
29 މެއި 2017 | ހޯމަ 16:29
އިލެކްޝަންސް ކަމިޝަންގެ އިދާރާ
އިލެކްޝަންސް ކަމިޝަންގެ އިދާރާ
ގޫގުލް
އިލެކްޝަންސް ކޮމިޝަން
އިލްކްޝަންސް ކަމިޝަނުގެ ތިޖޫރި ފަޅާލި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ގެއްލުނު ފައިސާގެ އަދަދެއް ހާމަކޮށްފައެއް ނުވޭ
ތިޖޫރި ފަޅާލާފައިވަނީ އެކޮމިޝަންގެ ދޮރު ހަލާކުކޮށްލުމަށްފަހު ވަދެގެން

އިލެކްޝަންސް ކަމިޝަނުގެ(އީސީގެ) ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެފައިސާ ނެގި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

އީސީގެ  ތިޖޫރި ފަޅާލި މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާނެތޯ ރާއްޖެއެމްވީއިން ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން މިވަގުތު ބުނެވެން އޮތީ އެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.

 ޕޯޓްސް ބިލްޑިންގްގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ އިލެކްޝަން ކޮމިޝަންގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ތިޖޫރިފަޅާލާއިފައިވާކަން އެނގިފައި ވަނީ އެ ކޮމިޝަންގެ މުވައްޒިފުން އާދީއްތަ ދުވަހު ހެނދުނު އޮފީހަށް ނިކުތުމުންނެވެ. ތިޖޫރީން ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާކަމެއއަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

 އިލެކްޝަން ކަމިޝަން ހުންނަ ޕޯޓް ބިލްޑިންގް އިމާރާތަކީ ސީސީޓީވީ ހަރުކޮށް މޮނިޓަ ކުރަމުންދާ އިމާރާތެކެވެ. އަދި އިމާރާތުގެ ތިރީގައި ސެކިއުރިޓީ އޮފިސަރެއް އަބަދުވެސް އިނދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް