Advertisement
ކ. މާލެ
|
29 މެއި 2017 | ހޯމަ 09:32
ރާއްޖޭގައި ކުރިން ހުރީ ޑައިލިސް ހަދައިދެވޭ 18 އެނދު
ރާއްޖޭގައި ކުރިން ހުރީ ޑައިލިސް ހަދައިދެވޭ 18 އެނދު
ރާއްޖެއެމްވީ
ސިއްހީ ދާއިރާއިން
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
ޑައިލިސް ހަދައިދެވޭ 18 އެނދުން 45 އަށް ވަނީ އިތުރުކުރެވިފައި
3 އަހަރާއިބައިގެ ކުރު މުއްދަތުގައި ކުރިން ހުރި 18 އެނދަށް 27 އެނދު ވަނީ އިތުރުކުރެވިފައި

މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއިން ކޮންމެ ޚިދުމަތަކަށް ބެލި ނަމަވެސް  100 އިންސައްތަ އަށް ވުރެ މަތީ ކުރިއެރުމެއް ހޯދިފައިވާ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.



 އާދިއްތަ ދުވަހު ވިލިމާލޭ ހޮސްޕިޓަލުގައި ޤާއިމްކުރި ޑައިލިސިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައިއިރު ޑައިލިސް ހަދައިދެވޭ ހުރީ 18 އެނދު ކަމަށާއި އެ އަދަދު މިހާރު 45 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.


"މިއަދު މި އިތުރުކުރެވެނީ ދެ އެނދު. އެހެންވީމާ އެއީ ވަރަށް މަދު އަދަދެއް ކަމަށް ހީވެދާނެ. ނަމަވެސް މި ތިން އަހަރާބައިގެ ކުރު މުއްދަތުގާ މިވަނީ ކުރިން ހުރި 18 އެނދަށް 27 އެނދު އިތުރުކުރެވިފަ. އެއީ 150 އިންސައްތައިގެ ބޮޑު ކުރިއެރުމެއް." މިނިސްޓަރ ވިދާޅުވިއެވެ.


ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތްތަކަށް ބެލި ނަމަވެސް އަދި ޞިއްޙީ ދާއިރާއަށް ކުރެވޭ ޚަރަދުތަކަށް ބެލި ނަމަވެސް ކޮންމެ ދާއިރާއަކުން ވެސް ވަނީ 100 އިންސައްތައަށްވުރެ މަތީ ކުރިއެރުމެއް ހޯދިފައިވާކމަށް މިނިސްޓަރ ނާޒިމް ވިދޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ކުރިއެރުމަށާއި ޞިއްޙީ ޚިދުމަތް ވީހާ  ގާތުން ފޯރުކޮށްދޭން ރައީސް ޢަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އަންނަނީ ކާމިޔާބުވަމުންކަމަށެވެ.

 

ސަރުކާރުން ހުސްނުވާ އާސަންދަ ތަޢާރަފްކުރި ފަހުން 60 މީހަކަށް ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްދީފައިވާ ކަމަށާއި އެކަމުން އަންގައިދެނީ ރާއްޖޭގައި ކިޑްނީ ބަލިތައް ޢާންމުވެފައިވާ މިންވަރު ކަމަށް ހެލްތު މިނިސްޓަރ ވިދަޅުވިއެވެ.


ނާޒިމް ވިދާޅުވިގޮތުގައި މި ސަރުކާރުން ގެންދަނީ ބަލި މީހުންނަށް އަޅައިލަމުންނެވެ. އެގޮތުން ހުސްނުވާ އާސަންދައިން ބޮޑެތި ޚަރަދުތަކެއް ހުއްޓުމެއްނެތި ކުރެވެމުން އަންނަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 މެއި 2017 | ހޯމަ 20:26
29 މެއި 2017 | ހޯމަ 11:52
ޖާނޭ
އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އަޅުގަނޑަށް. އެއީ މިނިސްޓަރުކަން ދިނީމަ. މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން ގިނަވުމަކީޥެސް ކުރިއެރުމެއް. އަދި 92 ރަށެއްގަ ޑޮކްޓަރެއް ނެތުމަކީވެސް ކުރިއެރުމެއް.