ކ. މާލެ
|
6 ޑިސެންބަރ 2021 | ހޯމަ 08:58
މީޑިއާނެޓްގެ ފީއާރް އެންޑް މާކެޓިންގ އެގްޒެކްޓިވް ޝުވެއިކާ ޝަރީފް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން
މީޑިއާނެޓްގެ ފީއާރް އެންޑް މާކެޓިންގ އެގްޒެކްޓިވް ޝުވެއިކާ ޝަރީފް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން
ރާއްޖެއެމްވީ
އެންމެނަށް މީޑިއާނެޓް ޕްރޮމޯޝަން
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނަށް ތަރުހީބު ބޮޑު!
މި ޕްރޮމޯޝަން ކުރިއަށްދާނީ 10 ޖެނުއަރީ 2022 ގެ ނިޔަލަށް

"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނަށް ތަރުހީބު ބޮޑު ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓްގެ ފީއާރް އެންޑް މާކެޓިންގ އެގްޒެކްޓިވް ޝުވެއިކާ ޝަރީފް ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށްދާނީ 10 ޖެނުއަރީ 2022 ގެ ނިޔަލަށް ކަމަށެވެ.

މީޑިއާނެޓްގެ ވޯންޓް އިޓް އޯލް ނުވަތަ ފުލް ޕެކޭޖަށް މަހު ފީ ދެއްކެވުމަށްފަހު އެމްއެސް މީޑިއާނެޓް އެޕަށް ރަޖިސްޓްރީ ކޮށްލައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި 2 ފަރާތަކަށް އައިފޯން 13 ޕްރޯއެއް ލިބޭނެ ކަމަށާއި ފެމިލީ ޕެކޭޖަށް ވުރެ މަތިން މަހުފީ ދެއްކެވުމަށްފަހު އެމްއެސް މީޑިއާނެޓް އެޕަށް ރަޖިސްޓްރީ ކުރައްވައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި 2 ފަރާތަކަށް ކޮންމެ މަހަކު 55 އިންޗީގެ ޓީވީއެއް ލިބޭނެ ކަމަށް ޝުވެއިކާ ވިދާޅުވިއެވެ.

މީގެއިތުރުން ދެމަހަށް އެއްފަހަރާ މަހުފީ ދައްކައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި 2 ފަރާތަކަށް ރިސޯޓު ދަތުރެއް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީޑިއާނެޓްގެ ބޭސިކް، ފެމިލީ، ޕްރިމިއަމް އަދި ވޯންޓް އިޓް އޯލް ޕެކޭޖް ނަންގަވާފައިވާ ކަސްޓަމަރުން އެމްއެސް މީޑިއާނެޓް އެޕަށް ހިލޭ ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އެމްއެސް އެޕަށް ރަޖިސްޓަރީ ކުރާ ހުރިހާ މީހުންނަށް 01 މަސް ދުވަހަށް ޗެނަލްތަކާ އެކު ވީ.އޯ.ޑީ ހިލޭ ލިބޭނެއެވެ. އެމްއެސް ވީ.އޯ.ޑީ މިހާރު ފޯން، ލެޕްޓޮޕް އަދި ޓެބްލެޓްގެ އިތުރުން އެމް.އެސް.ޓީވީ އަދި އެމް.އެސް. ލައިޓް ޓީވީ އެޕްލިކޭޝަން މެދުވެރިކޮށް އެންޑްރޮއިޑް ޓީވީ، ސެމްސަންގް އަދި އެލްޖީ ޓީވީއިން ވެސް ބަލައިލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް