ކ. މާލެ
|
11 ނޮވެންބަރ 2021 | ބުރާސްފަތި 07:26
މި ޕްރޮމޯޝަން ކުރިއަށްދާނީ 10 ޖެނުވަރީ 2022 ނިޔަލަށް
މި ޕްރޮމޯޝަން ކުރިއަށްދާނީ 10 ޖެނުވަރީ 2022 ނިޔަލަށް
މީޑިއާނެޓް
މީޑިއާނެޓް ޕްރޮމޯޝަން
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަން ފަށައިފި
މީޑިއާނެޓް އެޕަށް ރަޖިސްޓްރީ ކޮށްލައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި 2 ފަރާތަކަށް އައިފޯން 13 ޕްރޯއެއް ލިބިގެންދާނެ

"އެންމެނަށް މީޑިއާނެޓް" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

މީޑިއާނެޓުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ 10 ނޮވެމްބަރ 2021ން 10 ޖެނުއަރީ 2022 ނިޔަލަށް ކަމަށެވެ.

"އެންމެނަށް މީޑިއާނެޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެގެން އަގުހުރި ޢިނާމުތަކެއް ހޯދުމުގެ ފުރުސަތު މިވަނީ މުޅި ރާއްޖެއަށް ހުޅުވާލާފައެވެ.

މީޑިއާނެޓްގެ ވޯންޓް އިޓް އޯލް ނުވަތަ ފުލް ޕެކޭޖަށް މަހު ފީ ދެއްކެވުމަށްފަހު އެމްއެސް މީޑިއާނެޓް އެޕަށް ރަޖިސްޓްރީ ކޮށްލައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި 2 ފަރާތަކަށް އައިފޯން 13 ޕްރޯއެއް ލިބިގެންދާނެ ކަމަށާއި ފެމެލީ ޕެކޭޖަށް ވުރެން މަތިން މަހުފީ ދެއްކެވުމަށްފަހު އެމްއެސް މީޑިއާނެޓް އެޕަށް ރަޖިސްޓްރީ ކުރައްވައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި 2 ފަރާތަކަށް ކޮންމެ މަހަކު 55 އިންޗީގެ ޓީވީއެއް ލިބިގެންދާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

މީގެއިތުރުން ދެމަހަށް އެއްފަހަރާ މަހުފީ ދައްކައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި 2 ފަރާތަކަށް ސިޔާމް ވޯލްޑްއަށް ރިސޯޓު ދަތުރެއް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

މީޑިއާނެޓްގެ ބޭސިކް، ފެމިލީ، ޕްރިމިއަމް އަދި ވޯންޓް އިޓް އޯލް ޕެކޭޖް ނަންގަވާފައިވާ ކަސްޓަމަރުން އެމްއެސް މީޑިއާނެޓް އެޕަށް ހިލޭ ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އެމްއެސް އެޕަށް ރަޖިސްޓަރ ކުރާ ހުރިހާ މީހުންނަށް 01 މަސް ދުވަހަށް ޗެނަލް ތަކާ އެކު ވީ.އޯ.ޑީ ހިލޭ ލިބިގެންދާނެއެވެ. އެމްއެސް ވީ.އޯ.ޑީ މިހާރު ފޯން، ލެޕްޓޮޕް އަދި ޓެބްލެޓްގެ އިތުރުން އެމް.އެސް.ޓީވީ އަދި އެމް.އެސް. ލައިޓް ޓީވީ އެޕްލިކޭޝަން މެދުވެރިކޮށް އެންޑް ރޮއިޑް ޓީވީ، ސެމްސަންގް އަދި އެލްޖީ ޓީވީއިން ވެސް ބަލައިލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް