Advertisement
ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 06:54
ދޮންގޮއްޔެ ބްރޭންޑް
ދޮންގޮއްޔެ ބްރޭންޑް
ސޯޝަލް މީޑިއާ
ދޮންގޮއްޔެ ބްރޭންޑް
ދޮންގޮއްޔެ ބްރޭންޑުގެ ތަކެތި ވިއްކުމާއި، ބޭނުންކުރުން މަނާކޮށްފި
މި ބްރޭންޑް މަނާކުރީ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ނުފެތޭތީ

"ދޮންގޮއްޔެ" ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއްކަމުގައި އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނީ އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން "ދޮންގޮއްޔެ" ބްރޭންޑްގެ ކާބޯތަކެތި އުފައްދާ ތަން އިންސްޕެކްޓް ކޮށްފައިވާކަމަށެވެ. މި އިންސްޕެކްޝަންގައި ތަނުގެ އާއްމު ސާފުތާހިރުކަން ވަރަށް ދަށްކަން ފާހަގަކުރެވިފައިވާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

Advertisement

އެމްއެފްޑީއޭއިން ބުނީ މި ކާބޯތަކެތި ތައްޔާރުކުރާތަން އިސްލާހު ނުކޮށް އެތަނުން އުފައްދާ އަދި ބަންދުކުރާ ތަކެތި ބޭނުންކުރުމަކީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރުވާ، އަދި ކާބޯތަކެތީގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތްކަމެއް ކަމަށެވެ.

އެހެންކަމުން ބާޒާރުގައި ހުރި މި ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި އެމްއެފްޑީއޭއިން ވަނީ ކަނޑައަޅާފައެވެ. އަދި މިތަކެތި ބޭނުންނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް