އައްޑޫސިޓީގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބަލާލުން ފިޔަވައި އައްޑޫސިޓީގެ ކައުންސިލަށް ކުރެވޭ މާބޮޑު ކަމެއް ނެތްކަމަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި މޭޔަރ ވިދާޅުވީ ލާމަރުކަޒީ ޤާނޫނެއް އެކަށައެޅިފައިއޮތް ކަމުގައިވީނަމަވެސް ކައުންސިލަށް އާމްދަނީ ލިބޭނެ މަގު އަދި ތަނަވަސްވެފައި ނެތުމުންނާއި ބާރުތައް ހަނިވެފައިވުމުން ސިޓީގެ ތަރައްޤީއަށް ކުރެވޭ މާބޮޑުކަމެއް ނޯންނަ ކަމަށާއި އެކަން ޙައްލު ކުރެވިގެން ނޫނީ އެދެވޭ ހެޔޮ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
އަޅުގަނޑާއެކު 13 ކައުންސިލަރުން މިތާ ތިއްބަސް ކަންކަން އަދިވެސް ހަނިވެފައި އޮތުމުން އަޅުގަނޑުމެންނަށް މިޖެހެނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މޮނީޓަރކޮށް ބަލަހައްޓަން ތިބެން. މަގު ހަދާތޯ، ބަނދަރު ހެދޭތޯ، ލޭންޑް އޫޒް ޕްލޭން، ޑިވެލޮޕްމަންޓް ޕްލޭން އެކަށައެޅޭތޯ ބަލަން އެކަންކަން ޙަވާލުވެފައިވާ ކުންފުނިތައް ފަހާ ދުވަން މިޖެހެނީއައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު
ނިޒާރު ވިދާޅުވީ އައްޑޫގެ ގިނަ މަސައްކަތްތައް މަޑުޖެހިފައިވަނީ އައްޑޫގެ ލޭންޑް ޔޫޒް ޕްލޭން ނުހެދި ދިގުލައިގެންދާތީ ކަމަށެވެ. ކުރީގެ ކައުންސިލުން ރިޔާން ޕްރައިވެޓް ލިމިޓޭޑާއި މިމަސައްކަތް ޙަވާލުކުރިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިމަސައްކަތް އެދެވޭ ގޮތަކަށް އެކުންފުނިން ކުރިއަށް ނުގެންދާކަން ނިޒާރު ފާހަގަ ކުރެއްވިއެވެ.
މިދައްކަނީ 200 މީހުންގެ އާބާދީ ހިމެނޭ ކުޑަ ރަށެއްގެ ވާހަކައެއް ނޫން. އާބާދީގައި 30000 އަށް ވުރެ ގިނަ މީހުންއުޅޭ އައްޑޫގެ ލޭންޑް ޔޫޒް ޕްލޭނެއްގެ ވާހަކަ. މިއީ ބޮޑު މަސައްކަތެއް. އިރުއިރުކޮޅާ ކުންފުނި ބަދަލުކޮށެއްވެސް ނުލެވޭނެ. ރިޔާންއިން އެވަނީ މަސައްކަތުގެ ވަރަށް ބޮޑުބައި ފުރިހަމަވެސް ކޮށްފަ. އެހެންވެ އަދިވެސް މިބަލަނީ އެމީހުންނަށް އެކަން ކުރެވޭތޯ"އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު
އައްޑޫގެ ގިނަބަޔަކު އެކަމަކަށް އެދިއެދި ތިބި ބޯހިޔާވަހިކަމާއި ސިޓީގެ ޢުމްރާނީ ތަރައްޤީއަށް ވެސް އެޅިފައިވާ އެންމެ ބޮޑު ހުރަހެއްކަމުގައިވާ ލޭންޑް ޔޫޒް ޕްލޭން ނުހެދި، އާކައުންސިލްގެ ދައުރަށް 5 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ކައުންސިލްގެ ގާނޫނުގައިވާ ގޮތުން އާކައުންސިލް ހުވާކުރާތާ 3 މަސްތެރޭ މިޕްލޭން އެކުލަވާލަން ޖެހެއެވެ.
ނިޒާރު ވިދާޅުވީ ކަމަކަށް އެދިގެން އެންމެ ގިނަ ބައްދަލުވުން އެބަޔަކާއެކު ބޭއްވުނު ބަޔަކީވެސް ރިޔާން ޕްރައިވެޓް ލިމިޓެޑް ކަމަށާއި މިހާރު ދޭންވާވަރަށްވުރެ ގިނައިންވެސް ވަގުތު ދެވިއްޖެކަމަށެވެ.
މިހާރު ދެވިފައި އެވަނީ ފަހު ފުރުސަތު ކަމަށް އަޅުގަނޑު ބަލަނީއައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު
މީގެ 5 މަސް ކުރިން މޭޔަރ ކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައިވެސް ކައުންސިލްގައި ހުރި ގޮންޖެހުންތައް މޭޔަރ އިއްޔެވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. އައްޑޫސިޓީގެ މޭޔަރާއި ކައުންސިލަރުންގެ ޝަކުވާތަކުގެ ތެރޭގައި ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭފައިސާ މަދުވުމާއި އޮފީހުގެ އިދާރީ މަސައްކަތްތައް ހަރުދަނާ ވެފައި ނެތުމާއި ޖާގައިގެ ދަތިކަމުގެ އިތުރަށް ވަސީލަތްތަކުގެ ދަތިކަމުގެ ވާހަކަ ހިމެނެއެވެ. މިކަންތައްތަކަށް ޙައްލު ހޯދުމަށްޓަކައި މިމަހުގެތެރޭ ކައުންސިލުން ކުރެއްވި މާލެ ދަތުރުގައިވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި މަޖްލިސް މެންބަރުންނާއި ވަޒީރުންގެ އިތުރުން ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާފައެވެ.