Advertisement
ކ. މާލެ
|
28 މެއި 2017 | އާދީއްތަ 18:07
ސީޒަން 10 ކިލޯމީޓަރުގެ ހިނގުމުގައި، ހިނގުން ނިންމާލީ ދެ ގަޑިއިރުން
ސީޒަން 10 ކިލޯމީޓަރުގެ ހިނގުމުގައި، ހިނގުން ނިންމާލީ ދެ ގަޑިއިރުން
ޓްވިޓަރ
އިންސާނީ ހައްގުތައް
އިންސާނީ ހައްގުތަކުގެ ދިފާއުގައި އެންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެކަން ސީޒަން ދައްކައިފި
ދެހިވަލައިން ގޯލް ފޭސް އަށް 10 ކިލޯމީޓަރު
ބޭނުންވީ ފަރުދީ ޒިންމާ އަދާކޮށް، މައްސަލަތަކަށް ސަމާލުކަން ހޯދަން
ރާއްޖެ ދޫކޮށް ގިނަ ބަޔަކު ލަންކާގައި ދިރިއުޅޭ

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ފިލްމީ ތަރި އަލީ ސީޒަން ލަންކާގައި 10 ކިލޯމީޓަރަށް ހިނގައިފި އެވެ.

ސީޒަންގެ ހިނގުން ފަށާފައިވަނީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ދެހިވަލައިގެ މެރިން ރޯޑްއާ ހަމައިންނެވެ. ސީޒަންގެ ހިނގުން ނިންމާލާފައިވަނީ ގޯލް ފޭސް ސަރަހައްދުންނެވެ. ދެހިވަލަ މެރިން ރޯޑުން ގޯލް ފޭސްއާ ހަމައަށް ގާތްގަނޑަކަށް 10 ކިލޯމީޓަރު ހުންނައިރު، ސީޒަން ހިނގުން ނިންމާލީ ދެ ގަޑިއިރުންނެވެ.

ސީޒަން ބުނިގޮތުގައި އެ ހިނގުމުގެ ބޭނުމަކީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު މިހާރު އޮތް ގޮތް ހާމަކޮށް އެކަމާ މެދު ކަންބޮޑުވާކަން ފާޅުކުރުން ކަމަށެވެ. ސީޒަން ބުނި ގޮތުގައި ގައުމުގައި ހުރި ނޭދެވޭ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރުމަކީ ކޮންމެ ރައްޔިތަކަށްވެސް ކުރެވޭނެ ކަމެއް ކަމަށާއި އެއީ ކޮންމެހެން މާ ބައިވަރު މީހުންނާއި ފައިސާ ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ސީޒަން ބުނީ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑތ. އަފްރާޝީމް އަލީގެ މަރުން ފެށިގެން ގޮސް، މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ހަމައަށް ބަލާއިރު ވެސް އިންސާފު ނުލިބޭ އެތައް އާއިލާތަކެއް އެބަތިބި ކަމަށެވެ. އަދި ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ އިތުރުން އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައިވާކަން ފާހަގަކޮށް ސީޒަން ބުނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އެތައް ހައްގެއް ގެއްލެމުންދާއިރު، އެ ހައްގުތަކުގެ ދިފާއުގައި ފަރުދީ ޒިންމާ އިސްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މެންބަރު މާރިޔާގެ މައްސަލަ އަށް ވީގޮތް އެހެރީ، މިކަހަލަ ބައިވަރު މައްސަލަތައް ރާއްޖޭގައި އެބަހުރި. އަހަރެން ރާއްޖެއިން ދުރުގައި ހުއްޓަސް ދިވެހިންނަށްޓަކައި ކަމެއް ކޮށްދޭން ބޭނުންވީ. ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި އެންމެން ބައިވެރިވާންޖެހޭ،" ސީޒަން ބުންޏެވެ.ި 

ސީޒަން ބުނީ އޭނާގެ ހިނގުމަކީ ސިޔާސީ ޕާޓީއަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން މަސައްކަތް ކުރަންޖެހޭ މުއައްސަސާތަކުގެ ވެރިންނަށް މެސެޖެއްދޭން ކަމަށް އޭނާ ބުނެ އެވެ.

ސީޒަންގެ ދިރިއުޅުން ލަންކާއަށް ބަދަލުކުރިތާ އަހަރެއްހާ ދުވަސްވެފައިވާއިރު، އޭނާ ދަނީ ލަންކާގައި ފިލްމީ ދާއިރާގެ މަސައްކަތް ކުރަމުންނެވެ. ސިޔާސީ ގޮތުން ގައުމުގެ މަސްރަހު ހަލަބޮލިވެ، ހައްގުތައް ހަނިކުރަމުންދާއިރު، އެތައް ބަޔަކު ވަނީ ރާއްޖެ ދޫކޮށް ލަންކާއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 މެއި 2017 | އާދީއްތަ 23:59
Kaamiyaabu
Mikamun kon kameh haasilu vee? Bura masakkathun hoadhaa laari allah ge maguga heydha kuran kereyneba? Eyrah othee kaamiyaabu mi ummathah!
28 މެއި 2017 | އާދީއްތަ 17:51
މެމްބަރު
މަޖިލީސް ގޮނޑިއެއް ބޭނުންވެގެން އުޅެންޏާ ރީތި ގޮތުގަ ކުރިމަތިލާންވީނުން. މީހުންގެ ލޮލުގަ އަނދުން އަޅުވަން ނޫޅެ
28 މެއި 2017 | އާދީއްތަ 15:33
A s
Aharen komme dhuvahaku 10k 1 gadiirun dhuvan adhi dhuvanee ves thibunaa gallface ga .keeve tha aharenege vaahaka noos thakuga nuliyanee