Advertisement
ކ. މާލެ
|
28 މެއި 2017 | އާދީއްތަ 16:56
ސްޓެލްކޯގެ މައި އިމާރާތް
ސްޓެލްކޯގެ މައި އިމާރާތް
ގޫގުލް
ކަރަންޓް ކެނޑުން
ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި ޖަނަރޭޓަރު ނިވިގެން: ސްޓެލްކޯ
އާ ޖަނެރޭޓަރު ނިވުމުން، އިތުރު ބައެއް ޖަނަރޭޓަރުތައް ނިވުނު
ޖެނަރޭޓަރުތައް ނިވުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން
ރޭ މެންދަމު 2 ޖެހިއިރު ކަރަން ދިޔައިރު، އެނބުރ އައީ 4.45 ގައި

ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި އަށް މެގަވޮޓްގެ ޖަނަރޭޓަރު ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ ޑިރެކްޓާ އިބްރާހިމް ރައޫފު ވިދާޅުވި ގޮތުގައި، އަލަށް ބެހެއްޓި ޖަނަރޭޓަރު ނިވުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އާ ޖަނަރޭޓަރު ސެޓް ނިވުމުން، އިތުރު ބައެއް ޖަނަރޭޓަރު ވެސް ނިވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ރޭ މާލެއިިން ކަރަންޓް ކެނޑުނީ މެންދަމު 2:00 ހާއިރު އެވެ. އަލުން ކަރަންޓް ކެނޑުނީ ދެވުނީ 4:45 ހާއިރު އެވެ.
ރައޫފު ވިދާޅުވި ގޮތުގައި މި ދުވަސްވަރު މާލެއިން ކަރަންޓް ކެނޑޭ އެހެން ސަބަބެއް ވެސް އެބަ އޮތެވެ.
"ބައެއް ޖަނަރޭޓަރުތައް ޓެސްޓް ކުރާތީ ވެސް ކަރަންޓް ކެނޑޭ،" އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް