Advertisement
ކ. މާލެ
|
26 ނޮވެންބަރ 2021 | ހުކުރު 20:12
ސިންގަޕޯރ
ސިންގަޕޯރ
ސޯޝިއަލް މީޑިއާ
ސިންގަޕޫރަށް ގޮސް ކަރަންޓީންވާން ނުޖެހުން
ސިންގަޕޫރުގައި ކަރަންޓީނުވާން ނުޖެހޭ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ
އިތުރު 5 ގައުމެއް މި ލިސްޓުގައި ވަނީ ހިމެނިފައި

ސިންގަޕޫރަށް ދަތުރުކުރުމަށްފަހު ކަރަންޓީންވާން ނުޖެހޭ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ހިމެނޭހެން އިތުރު 5 ގައުމެއް އަރައިފިއެވެ.

ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އަންނަ ޑިސެމްބަރު މަހުގެ މެދުތެރެއިން ފެށިގެން، ތައިލެންޑް، ކެމްބޯޑިއާ، ފީޖީ، ދިވެހިރާއްޖެ، ސްރީލަންކާ އަދި ތުރުކީން އެގައުމަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ.

މި ލިސްޓް މީގެކުރިން ނެރެފައިވަނީ އިންޑިއާގެ ނަން ހިމެނުމަށްފަހު ރާއްޖޭގެ ނަން ލިސްޓުގައި ނުހިމަނައެވެ. އެހެންނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްޕުޅުން ކަރަންޓީންވާން ނުޖެހޭ ގައުމުތަކުގެ ލިސްޓަށް ރާއްޖޭގެ ނަން ވަނީ އިތުރުކުރެވިފައެވެ.

ސިންގަޕޫރުން ގެންދަނީ ވެކްސިން ޖަހަމުންގެންދާ ނިސްބަތަށް ބަލައި މިފަދަ ގައުމުތައް ލިސްޓަށް އިތުރުކުރަމުންނެވެ. މި 6 ގައުމާއެކު މިވަގުތު މި ލިސްޓުގައި 27 ގައުމެއް ހިމެނެއެވެ.

Advertisement

ޑިސެމްބަރު 14 ގެ ފަހުން ތައިލޭންޑުން ސިންގަޕޫރަށް ދާ މީހުން ކަރަންޓީން މުއްދަތު ފުރިހަމަކުރަން ނުޖެހޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވެއެވެ. އަދި ޑިސެމްބަރު 7 ވަނަ ދުވަހުން ފެށިގެން ވެކްސިނޭޓެޑް ޓްރެވަލް ޕާސްއަށް އެދެވޭނެއެވެ. ބާކީ ގައުމުތައް، ކެމްބޯޑިއާ، ފީޖީ، ދިވެހިރާއްޖެ، ސްރީލަންކާ އަދި ތުރުކީން ދާ މީހުންނަށް ޑިސެމްބަރު 16 ގެ ފަހުން އެ ގައުމަށް އެތެރެވެ ކަރަންޓީނު ފުރިހަމަކުރަން ނުޖެހޭނެއެވެ. އަދި ޑިސެމްބަރު 9 ވަނަ ދުވަހުން ފެށިގެން ވެކްސިނޭޓެޑް ޓްރެވަލް ޕާސްއަށް އެދެވޭނެ ކަމަށް ސިންގަޕޫރު ސަރުކާރުން ބުނެފައިވެއެވެ.

ކަރަންޓީނާ ނުލައި ސިންގަޕޫރަށް ދަތުރުކުރެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އަދި އެމީހުންގެ އަތުގައި ނެގެޓިވް ޕީސީއާރު ޓެސްޓެއްވެސް އޮންނަންޖެހެއެވެ.

އިތުރު 6 ވެކްސިނޭޓެޑް ޓްރެވަލް ލޭންއަކުން އެގައުމަށް ދަތުރުކުރުމަށް ހުޅުވާލުމާއެކު، ދުވާލެއްގެ މައްޗަށް އެގައުމަށް އެތެރެވުމަށް ކަނޑައަޅާފައިވާ މީހުންގެ އަދަދު ވަނީ 10،000ން 15،000ށް މަތިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް