Advertisement
ކ. މާލެ
|
28 މެއި 2017 | އާދީއްތަ 08:16
ތިމަރަފުށިން ރޯވި ގޭގެ ބަދިގެ
ތިމަރަފުށިން ރޯވި ގޭގެ ބަދިގެ
ރާއްޖެއެމްވީ
ތިމަރަފުށި
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
އަދިވެސް ކަރަންޓެއް ނުލިބޭ
ގޭގައި ރޯވީ ދިއްލާފައި ހުރި އުއްބައްތިއަކުން
ރޯވި ބަދިގެ އަލުން ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައި

ހުކުރުދުވަހުގެ ހަވީރުން ފެށިގެން ތ އަތޮޅު ތިމަރަފުށީގައި ކަރަންޓެއް ނެތްކަމަށާއި ކަރަންޓް ކެނޑިފައިވަނިކޮށް އެރަށު ގެއެއްގެ ބަދިގޭގައި ހޮނިހިރު ދުވަހުގެރޭ  ރޯވެ، އަނދައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ކައުންސިލް މެމްބަރ އަހުމަދު އިހުސާން ވިދާޅުވެފައިވަނީ ދަންވަރު 1:30 ހާއިރު ތިމަރަފުށީ، ސައިމާގޭ ބަދިގޭގައި ރޯވީ، ދިއްލާފައި ހުރި އުއްބައްތިއަކުން ކަމަށެވެ.

ބަދިގޭގައި ހިފައި ގެންގުޅޭ ހުރިހާ ސާމާނެއް ކަހަލަ ގޮތަކަށް މި އަލިފާނުގައި ރޯވެ، ބަދިގެ އިތުރަށް ބޭނުން ނުކުރޭ ވަރަށް އަނދާފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ތިމަރަފުށިން ކަރަންޓް ކެނޑުނުތާ ދެ ދުވަސް ވާއިރު، އޭގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ޚާއްޞަކޮށް މުލަ ރޯދަ ދުވަހު ކަރަންޓް ނެތި އުޅެން ޖެހުމުގެ ސަބަބުން އެރަށު ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް