ކ. މާލެ
|
24 ނޮވެންބަރ 2021 | ބުދަ 17:11
އިސްރާއީލުން ސީރިއާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާ ދިނުން
އިސްރާއީލުން ސީރިއާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާ ދިނުން
ރޮއިޓަރސް
އިސްރާއީލުން ސީރިއާއަށް ދިން ހަމަލާ
އިސްރާއީލުގެ ހަމަލާގައި ސީރިއާގެ އާންމުންގެ ދެ މީހުން މަރުވެއްޖެ
ސިފައިންގެ ހަ މީހަކު ޒަޚަމްވެފައިވޭ
އިސްރާއީލުން މިދިޔަ ހަފުތާވެސް ވަނީ ސީރިއާގެ އެކި ސަރަހައްދުތަކަށް ހަމަލާ ދީފައި

އިސްރާއީލުން ސީރިއާއަށް ދިން ވައިގެ ހަމަލާގައި ސީރިއާގެ އާންމުންގެ ދެ މީހުން މަރުވެ ސިފައިންގެ ހަ މީހުން ޒަޚަމްވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުން ދިން ވައިގެ ހަމަލާތައް ސީރިއާގެ ދެ ސަރަހައްދަކަށް އަމާޒުވެފައިވާއިރު، އެ ހަމަލާތަކުގައި އާންމުންގެ ދެ މީހަކު ވަނީ މަރުވެފައެވެ. އަދި އާންމުންގެ އިތުރު ބަޔަކަށާއި، ސީރިއާ ސިފައިންގެ ހަ މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިއާގެ އަސްކަރީ އޮފިޝަލަކު ވިދާޅުވީ އިސްރާއީލު ސިފައިންގެ ހަނގުރާމަމަތީ މަތިންދާ ބޯޓްތަކުން މިސައިލްތައް އުދުއްސާލީ ލުބުނާންގެ މަތިން ދަތުރުކޮށްފައިދަމުން ކަމަށް ބެލެވޭ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އިސްރާއީލުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފާއިތުވި އަހަރުތަކުގައި އިސްރާއިލުން ވަނީ ސީރިއާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތައް ދީފައެވެ. މިދިޔަ ހަފުތާގައި ވެސް އިސްރާއީލުން ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގަށް ހަމަލާ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް