Advertisement
ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 23:15
މީހަރު ގުރުއާން ކިޔަވަނީ: ރޯދަ މަހަކީ ތަގުވާގެ މައްސަރު
މީހަރު ގުރުއާން ކިޔަވަނީ: ރޯދަ މަހަކީ ތަގުވާގެ މައްސަރު
ޓްވިޓަރ
ރޯދަ މަސް
ރަމަޟާން މަހާއެކު ދިރިއުޅުމަށް ބޮޑު ބަދަލެއް!
އޮފީސް ތަކާއި ސްކޫލްތަކުގެ ވަގުތަށް ބަދަލު ގެނެސްފައި
ބާޒާރުގެ އަގުތައް ބޮޑުވުން
މިސްކިތްތަކުގެ ސަފުތައް ފުރޭ

މުޅި އިސްލާމީ އުއްމަތަށް މި ވަނީ ރަމަޟާން މަސް މަރުހަބާ ކިޔައިފައެވެ. ބުރާސްފަތި ދުވަހުން ފެށިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން، މުސްލިމް އަޚުންނާއި އުޚްތުންނަށް ދަނީ ރަމަޟާން މަހުގެ މަރުހަބާ ކިޔަމުންނެވެ. ރާއްޖޭގައި ވެސް އެކަކު އަނެކަކަށް ރަމަޟާން މަހުގެ މަރުޚަބާ އަންނަނީ ކިޔަމުންނެވެ. ފަރުދީ ގޮތުންނާއި ކުންފުނިތަކުން ވެސް މަރުހަބާގެ މެސެޖްތައް އެކި ގޮތްގޮތަށް ވެސް އަންނަނީ ފޮނުވަމުންނެވެ.

 

ރަމަޟާން މަސް މުސްލިމުންނާ ބައްދަލުކޮށްފައި ވާއިރު، ކޮންމެ އަހަރެއްގެ ވެސް މި މައްސަރަށް ދިވެހިން ވަރަށް ދުރާލައި ތައްޔާރުވެއެވެ. ގެތައް ސާފުކޮށް، ފަރުނީޗަރު އާކުރެއެވެ. ބާޒާރުތައް ފުރިހަމަކުރެއެވެ. އަދި ބާޒާރުގެ އަގުތައް ވެސް އަތް ނުފޯރާ ފަށަށް އަރައިގެންދެއެވެ. ސައި ހޮޓާތަކާއި ރެސްޓޯރެންޓްތައް ހުޅުވާ ވަގުތާއި ހިދުމަތް ދޭ ވަގުތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. 

މި މާތް މައްސަރުގައި ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަންކަށް ބަދަލު ވެސް އާދެއެވެ. ރަސްމީކޮށް އޮފީސް ހުޅުވާ ގަޑި ބަދަލުކޮށް، ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތައް ވެސް ވަނީ ބަދަލުކޮށްފައެވެ. މިއީ އާންމުކޮށް ވެސް ދިވެހިރާއްޖޭގެ އާދަކާދަ އޮންނަ ގޮތެވެ.

 

ރޯދަ މަހުގެ ކުރިން މިސްކިތްތަކުގެ ސަފުތައް ނުފުރުނު ނަމަވެސް، ރޯދަ މަހާއެކު ހުރިހާ މިސްކިތްތަކެއް ފުރި ބާރުވެއެވެ. ގުރުއާން ކިޔެވުމާއި ރޭ އަޅުކަން ކުރުމުގައި ހޭދަކުރާ މީހުން އިތުރުވެއެވެ. މިއީ ތަގުވާގެ މައްސަރެވެ.

 

މިއީ ދީލަތިކަން ވެސް ދައްކަންވީ މައްސަރެކެވެ. އެކަން މިސްކިތްތަކުން ވެސް ފެނިގެންދެއެވެ. އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ގޭގެއިން އަދި ރެސްޓޯރެންޓްތަކުން ވެސް، ރޯދަ ވީއްލުމަށް ބޭނުންވާ ސާމާނު މިސްކިތްތަކަށް ގެންދެއެވެ. ސަދަގާތްކުރުން އިތުރުކުރެއެވެ.

 

މި މާތް މައްސަރުގައި ކެއިން ބުއިމުގެ އާދަތަކަށް ބަދަލުތައް އަންނައިރު، ވިސްނަންޖެހޭ އެހެން ކަމެއް އެބަ އޮތެވެ. އިސްރާފު ނުކުރުމެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް ގޭގެއިންނާއި ރެސްޓޯރެންޓްތަކުން، ބޭކާރުގެ ގޮތުގައި އުކާލާ ކާބޯތަކެތީގެ އަދަދު އެތައް ޓަނަކަށް އަރައެވެ. މިއީ އިސްރާފެވެ. މިކަމާ ވިސްނާލަންޖެހެއެވެ. ރަމަޟާން މަހުގެ ފުރިހަމަ ސަވާބު ހޯދަން މަސައްކަތްކުރާށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް