ކ. މާލެ
|
17 ނޮވެންބަރ 2021 | ބުދަ 13:33
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
އޯގާތެރި ސަރުކާރު
ކޮވިޑް-19 މެނޭޖްކުރުން: އޯގާތެރި ރައްޔިތުންގެ ސަރުކާރެއްކަން ހާމަވި މިސާލެއް
 
ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖެހޭ އުމުރުގެ އެންމެނަށް ހިލޭ ވެކްސިން ޖަހައިދިން
 
އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ

މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ ކޯވިޑް 19 އަކީ ކުއްލިއަކަށް ދިމާވި ބަލިމަޑު ކަމެކެވެ. ބޮޑެތި ޤައުމުތަކަށް ގޮތްހުސްވެ މުޅި ދުނިޔެ ހުއްޓުމަކަށް އައި ވަބާއެކެވެ. އަދިވެސް އެކަމުން ސަލާމަތް ނުވެވި އެކަމާއި ގުޅިގެން ޤައުމުގެ އިޤްތިސާދުތައް ފުންޑި އެތައް ބައެއްގެ ވަޒީފާތައް ގެއްލި ގިނަބަޔަކު އެވަނީ ހާލުގައި ޖެހިފައެވެ.

މުޅިދުނިޔެއަށް ކުރިމަތިވި މިހާލަތް ރާއްޖެއަކަށްވެސް އިސްތިސްނާއެއް ނުވެއެވެ. އަދި މުޅި އިޤްތިސޯދުގެ ބޮޑުބައެއް ހިއްސާކުރާ ފަތުރުވެރިކަން އެއްކޮށް ހުއްޓުމަކަށް އައުން ވެގެންދިޔައީ މުޅި ޤައުމު މޮޅިން މޮޅިސާލުލާން ޖެހުނު ކަމަކަށެވެ. ނަމަވެސް މިހާލަތުގައިވެސް ޝުކުރުވެރިވާން ޖެހެނީ ނިސްބަތުން މިބަލީގައި މަރުވި މީހުންގެ އަދަދު މަދުކަމާއި ބަލީގައި ބޮޑުވަރުވެ ދިޔައިރުވެސް ރާއްޖޭގެ ސިއްޙީ ނިޒާމަށް ނުކަތާވަރުވެ ކޮންޓްރޯލުން ނެއްޓިފައި ނުވާކަމެވެ.

މުޅި ދުނިޔެ ޤަބޫލުކުރާގޮތުގައިވެސް ރާއްޖެއިން ކޮވިޑް މެނޭޖް ކުރިކުރުން މިސާލަކަށް ނެގެއެވެ. އަމިއްލަ ފަރުދުންގެ ބައެއް ވިޔަފާރިތަކަށް އައި ލޮޅުމާއެކު ވަޒީފާތަކެއް ގެއްލި މުސާރަތަކެއް ކުޑަވިނަމަވެސް އެފަރާތްތަކަށްވެސް ސަރުކާރުން އަޅާލިއެވެ. އަމުދުން ސަރުކާރު މުވައްޒަފެއްގެ ވަޒީފާއެއް ގެއްލިފައި ނުވާއިރު މުސާރައިން ލޯ ލާރިއެއްވެސް އުނިކޮށްފައެއް ނުވެއެވެ. ހަމަ ހަޤީގަތުގައިވެސް މިނިކަމެތި ހާލަތުގައި ސަރުކާރުން ރައްޔިތުންނަށް އަޅާލައިފިއެވެ. ހާލަތާ އެއްވަރަށް އެހީތެރިވެ ރައްޔިތުންގެ މާޔޫސްކަމަށް ޚަލަލެއް ހޯދައިދީފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން އެކުލަވާލި އިކޮނޮމިކް ރެސްޕޯންސް ޕެކޭޖްތަކުގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 31 ޖުލައި 2021 ގެ ނިޔަލަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީވަނީ ދީފައެވެ. އޭގެ ތެރޭގައި ބީއެމްއެލްއިން ދޫކޮށްފައިވާ ކޮވިޑް-19 ރިކަވަރީ ލޯނުގެ ގޮތުގައި 709 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި އީ.އައި.ބީ ރިކަވަރީ ލޯން ސްކީމް (ފޭސް1) އިން ދޫކޮށްފައިވާ 354 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އިތުރުން އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑް-19 ރިކަވަރީ ލޯނުގެ ގޮތުގައި 363 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ. އަދި ވަޒީފާ ގެއްލުނު ފަރާތްތަކާއި މުސާރަ ކުޑަވި ފަރާތްތަކަށް އެހީތެރިވުމަށް ތިން ފޭސްއަކަށް ބަހާލައިގެން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ޖުމްލަ 22943 ފަރާތަކަށް 421 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސަރުކާރުން ދީފައެވެ. މިމުއްދަތުގައި އިތުރަށް އެހީތެރިވުމުގެ ގޮތުން ރައްޔިތުންނަށް 2020 ވަނަ އަހަރު ކަރަންޓް ބިލުން ވަނީ 146 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި ފެންބިލުން 25 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. ހަމަ އެހެންމެ 2021 ވަނަ އަހަރުވެސް ކަރަންޓު ބިލުން 51 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ފެންބިލުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޑިސްކައުންޓް ސަރުކާރުން ވަނީ ރައްޔިތުންނަށް ދީފައެވެ.

ކޮވިޑަށް ކޮށްފައިވާ ޚަރަދަށް ބަލާއިރު 17 ޖޫން 2021 އާ ހަމައަށް 3.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެގޮތުން ރައްޔިތުންނަށްޓަކައި ފުރާނަ އަތްމައްޗަށް ލައިގެން ކޮވިޑް ކަންކަމުގައި އުޅުނު ފަރާތްތަކަށް ފްރޮންޓް ލައިން އެލަވަންސް އަދި އެހެނިހެން މުވައްޒަފުންގެ ޚަރަދަށް 160.3 މިލއަން ރުފިޔާއާއި މެޑިކަލް ކޮންޒިއުމެބަލްސް ގަތުމަށް 817 މިލިއަން ރުފިޔައާއި ކެޕިޓަލް އައިޓަމް އަދި އިންފްރާސްޓްރަކްޗަރަށް 273.3 މިލިއަން ރުފިޔާ އާއި އޮޕަރޭޝަނަލް ޚަރަދަށް 196.5 މިލިއަން ރުފިޔާ އަދި މަރާމާތައް 23.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކޮވިޑާއެކު ޢާއްމު ރައްޔިތުންގެ ވިޔަފާރިތައް ބަނގުރޫޓުވެ ހުއްޓުމަކީ އެކަމުގެ ސަބަބުން އެތަންތަނުގައި ވަޒީފާ އަދާކުރި އެތައް ބައެއްގެ ޢާއިލާތަކަށްވެސް ނިކަމެތިކަން ލިބިގެންދިޔަ ކަމެކެވެ. އެކަން ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ އެފަދަ ވިޔަފާރިތަކަށް އެހީތެރިވުމަށް ލޯނު ދޫކޮށްފައެވެ. އެގޮތުން 31 މެއި 2021ގެ ނިޔަލަށް 112 ގެސްޓް ހައުސްއަކަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 156 ރެސްޓޯރެންޓަކަށް 33 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ސަރުކާރުން ވަނީ ދީފައެވެ. އަދި ދަތިތަކުން އަރައިގަތުމުގެ ލުޔެއްގެ ގޮތުގައި ޑެޕްޓް މޮރޮޓޯރިއަމްއެއްގެ ދަށުން ސަރުކާރުގެ ސްކީމްތަކުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާނެ މުއްދަތު މާރިޗު 2020 ޑިސެމްބަރ 2020އަށް ވަނީ ފަސްކޮށްދީ، ބީއެމްއެލްއާއި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ލޯނުނަގާފައިވާ ފަރާތްތަކުގެ ލޯނަށް އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް ޖުމްލަ އެއް އަހަރުގެ ގްރޭސް ޕީރިއަޑަކަށް އެދުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި ސަރުކާރުން ދޫކޮށްފައިވާ އިމާރާތްތަކާއި ބިންތަކަށް ޖޫން 2020 އިން ޑިސެމްބަރ 2020ގެ ނިޔަލަށް ދައްކަން ޖެހޭ ބިމުކުލި ޖޫން 2021ން ފެށިގެން ދެއްކުން ވަނީ ފަސްކޮށްދީފައެވެ. އެމުއްދަތުގައި ފަސްކޮށްދޭ ކުލި އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތާއި ކުލިދެއްކުން ފަސްކޮށްދިން މުއްދަތުގައި ޖޫރިމަނާއާއި އިންޓްރެސްޓް ނުހިނގާނެ ގޮތައް ވަނީ ހަމަޖައްސާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން 2021 ވަނަ އަހަރު އެކުލަވާލި އާ އެކޮނޮމިކް ރެސްޕޮންސް ޕެކޭޖްގެ ދަށުން މެއި މަހުގެ ފެންބިލުން ގޭބިސީތަކަށް 30% ވިޔަފާރިތަކަށް މެއިމަހުގެ ބިލަށް އޭޕްރީލް މަހުގެ ބިލުގެ 20% ޑިސްކައުންޓް ވަނީ ދީފައެވެ. އަދި ކަރަންޓު ބިލުން މެއި މަހުގެ ފެންބިލުން ގޭބިސީތަކަށް 40% ވިޔަފާރިތަކަށް މެއިމަހުގެ ބިލަށް އޭޕްރީލް މަހުގެ ބިލުގެ 20% ޑިސްކައުންޓް ވަނީ ދީފައެވެ.

ވިޔަފާރިތައް އަވަހަށް އަރައިގަނެ ކޮޅަށް ޖެހުމަށްޓަކައި ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނުގެ ގޮތުގައި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ރެސްޓޯރެންޓް، ކެފޭ، ސެލޫން، ޖިމް އަދި ގެސްޓްހައުސް ފަދަ ތަންތަނަށް ޚާއްޞަކޮށް 1 މިލއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނޭ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ލޯނަކީ އެންމެ 6% އިންޓްރެސްޓް ރޭޓުގައި އެއް އަހަރާއި ދެއަހަރު ދުވަހުގެ ގްރޭސްޕީރިއަޑަކާއެކު 5 އަހަރާއި 8 އަހަރާ ދެމެދުގެ މުއްދަތެއްގައި އަނބުރާ ދައްކާގޮތައް ދޫކުރި ލުއި ލޯނެކެވެ. މިއީ ލޯނަށް އެދުމަށް ރަހުނެއްވެސް ބަހައްޓަން ނުޖެހޭ ލޯނެކެވެ.

އަދި އިކޮނޮނމިކް ސްޓިމިއުލަސް ޕެކޭޖެއްގެ ދަށުން ބީ.އެމް.އެލްއިން ވަނީ 6% އިންޓްރެސްޓްގައި 4 އަހަރުން އަނބުރާ ދައްކާގޮތައް 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިއީވެސް 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ ރަހުނަކާ  ނުލައި ދޫކުރެވޭ ލޯނެކެވެ.

ކޮންމެއަކަސް ކޮވިޑް-19 އާއެކު ފެނިގެން ދިޔައީ ސަރުކާރުން ރައްޔިތުންގެ ހާލު ބެއްލެވި އޯގާތެރި ސަރުކާރެއްގެ ގޮތުގައެވެ. މުޅި ޤައުމު އެކަމުން ސަލާމަތްވުމަށް ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖެހޭ އުމުރުގެ އެންމެނަށް ހިލޭ ވެކްސިން ޖަހައިދިން ރައްޔިތުންނަށްޓަކައި ހިތްހެޔޮ ސަރުކާރެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް