އުފެދުމުގެ ތެރޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް މައްސަލައެއް ކަމަށްވާ ގޮހޮރާއި ފުރަމޭ ބޭރަށް ނުކުމެފައިވާ ދިވެހި ކުއްޖާ މަރުވެއްޖެއެވެ.
ގދ. މަޑަވެއްޔަށް އުފަން ނީރާ ބިންތި މޫމިން ޔޫސުފް މަރުވީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހުކުރުދުވަހުގެ ރެއެވެ.
މިމަހުގެ 10 ވަނަ ދުވަހު އައިޖީއެމްއެޗަށް އުފަންވި ނީރާ އިތުރުފަރުވާއަށް އިންޑިއާ އަށް ފުރާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ. އަދި ހިތާއި ފުރަމޭގެދެ އޮޕަރޭޝަނެއް މިމހުގެ 19 ވަނަ ދުވަހު ކޮށްފައިވާ ކަމަށް އެކުއްޖާގެ ކާފަ ނަޖީބު ބުނެފައި ވެއެވެ. ބޭރަށް ފެންނަން ހުރި ގޮހޮރާއި ލިވާގެ އޮޕަރޭޝަން ކުރެވޭނީ އެ އޮޕަރޭޝަން ކުރުމަށް ފަހުގައި ކަމުގައި ވާތީ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ނަޖީބު ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނީރާ މަރުވެފައިވަނީ ވާއަތް ފަރާތުގެ ލިވާގެ އެއްބަޔާއި ގޮހޮރުގެ އެއްބައިގެ އޮޕަރޭޝަން ކުރަން އުޅެނިކޮށެވެ.
ނީރާގެ ބޮޑު ހަތަރު މައްސަލަ ކަމަށް ޑޮކްޓަރުން ފާހަގަކޮށްފައި ވެއެވެ؛
- ލިވާ އާއި ހިތުގެ އޮޕަރޭޝަން ( މިހާރު މިއޮޕަރޭޝަން ވަނީ ކޮށްފައި. މި އޮޕަރޭޝަންގައި ކުއްޖާގެ ހިތުގައި ހުރި ލޯވަޅުގައި ވަނީ ޕެޗު އަޅާފައި)
ކަނާތް ފަރާތު މެއިގެ ކަށިގަނޑު ހަމައަށް އުފެދިފައި ނުވުން - ކަނާތްފަރާތުގެ ލިވާ ގެ 4 ބައިކުޅަ އެއްބައި އުފެދިފައިވުން
- ވައަތް ފަރާތުގެ ލިވާގެ އެއްބަޔާއި ގޮހޮރުގެ އެއްބައިގެ އޮޕަރޭޝަން (މި އޮޕަރޭޝަން ކުރެވެނީ ނޭވާލާ ނިޒާމާއި ހިތުގެ ހިނގުން ރަނގަޅުވުމުން)
އުފަންވުމުގެ ކުރިން ވެސް ދަރިފުޅު ބަނޑުގައި ވަނިކޮށް ތަފާތު އެކިފަހަރުމަތިން ޓެސްޓްތައް ހަދައި ސްކޭންތައް ކުރުމުން ވެސް ދަރިފުޅުގެ އެފަދަ އެއްވެސް މައްސަލައެއް ހުރިކަން ޑޮކްޓަރުންނަށް ފާހަގަނުކުރެވުނީ ޑޮކްޓަރުންގެ އިހްމާލުން ކަމަށް އެއާއިލާ އިން ބުނެއެވެ.