ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 01:02
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް
ރާއްޖެއެމްވީ
ނާޒިމާއި އިމްރާން
އިމްރާނާއި ނާޒިމް ރޯދަ މަހަށް ގެއަށް ބަދަލުކޮށްފި
ޖަލު މަރާމާތު ކުރުމަށް އަހަރެއްހާ ދުވަހަށް ގެއަށް ބަދަލުކުރި
ނާޒިމް ޖަލަށް ގެންދިޔައީ މާޗް މަހު
އިމްރާން ޖަލަށް ގެންދިޔައީ އޭޕްރީލް މަހު

ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގެއަށް ބަދަލުކޮށްފި އެވެ.

 

ނާޒިމް އާއި އިމްރާން ގެއަށް ބަދަލުކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

 

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމްރާނާއި ނާޒިމް ގެއަށް ބަދަލުކުރީ ރޯދަ މަހަށް ކަމަށެވެ.

 

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރުކޮށް ގެންގުޅުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދާ ނާޒިމް، ގޭ ބަންދުގައި ބަހައްޓާފައި ހުންނަތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން، އަލުން އަނބުރާ ޖަލަށް ގެންދިޔައީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.

 

ނާޒިމްގެ މައްޗަށް ހިންގާފައިވަނީ ޝަރީއަތަކީ އިޖުރާއަތްތަކާ ޚިލާފަށް ހިންގާފައިވާ ޝަރީއަތެއް ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ކަނޑައަޅާފައިވެ އެވެ. އެ ގްރޫޕުން ވަނީ ނާޒިމް ވަގުތުން މިނިވަންކޮށް، ނުހައްގުން ބަންދުން ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ. ނާޒިމްގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.

 

ޖަލު މަރާމާތު ކުރުމަށް ޝެއިޚް އިމްރާން ވެސް ގެއަށް ބަދަލުކުރި އިރު، އިމްރާން އަނބުރާ ޖަލަށް ގެންދިޔައީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ. ޝެއިޚް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާގެ މައްސަލައިގަ އެވެ.

 

ޝެއިޚް އިމްރާން ޖަލަށް ބަދަލުކުރި ފަހުން ހައިކޯޓުން ވަނީ އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފަ އެވެ. އިމްރާންގެ މައްސަލަ ވެސް އދ. ގެ ވޯކިން ގްރޫޕަށް ވަނީ ހުށަހަޅާފަ އެވެ.

- ކޮމެންޓް
26 މެއި 2017 | ހުކުރު 23:51
ޖާނޭ
މަހުލޫފް ކޮބާ . ބާގީއަކަށް ނުވާތީ ދޯ