އައްޑޫސިޓީ ހިތަދޫ މޫލެކެޑެ އޮޑައްސަލޭ ކިޔުނު ސަރަޙައްދަށް ބޮޑުމަހެއް ލައްގައިފިއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު މިމަސް ފުރަތަމަ ފެނުނީ ހިތަދޫ ސްކޫލާއި ދިމާލުން ފުއްޓަރުފަރާތު ފަރުމަތިންނެވެ. ގާތްގަނޑަކަށް 30 ފޫޓު ހުންނާނެ ކަމަށްބެލެވޭ މަސް އޮތީ މަރުވެ ވަރަށް ބޮޑަށް ކުނިވެފައެވެ. އެހެންކަމުން މުޅި ސަރަހއްދުގައިވެސް ވަސް ނުބައިވެފައިވާތީ އާއްމުން ޖަމާ ނުވުމަށް ސިޓީ ކައުންސިލުން އިލްތިމާސް ކުރެއެވެ.
މަސް މަރުވިތާ ގިނަ ދުވަސްވެ ވަރަށް ބޮޑަށް ކުނިވެފައި އޮތީ. ރަށުތެރޭވެސް ނުބައިވަސް އެބަދުވާ. ވީހާ އަވަހަށް އެ ނައްތާލެވޭތޯ މަސައްކަތް ކުރަނީ. ނަގަންވެސް އެހާ އުނދަގޫވާނެ. އެހެންނަމަވެސް އެމްއެންޑީއެފްގެ އެހީއާއެކު މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ކުރިއަށް މިދަނީ.ކޮރޮވައު ދާއިރާގެ ކައުންސިލަރ ޝިނާޒް އިބްރާހިމް މޫސާ
ކައުންސިލުން ގެންދަނީ އެމްއެންޑީއެފާއި ގުޅިގެން މަސް ނެގުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ.
މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން އައްޑޫއަށް ބޮޑުމަސް ލައްގައެވެ. އެހެން ލައްގާ މަސް ނައްތާލަނީ ރައްކާތެރި ހިސާބެއްގައި ވަޅެއްކޮނެ ވަޅުލައިގެންނެވެ. މިއަދު ލައްގާފައިވާ މަސް ވެސް ވެމްކޯގެ އެހީތެރިކަމާއެކު ވަޅުލުމުގެ ކަންތައް ހަމަޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ.