ކ. މާލެ
|
12 ނޮވެންބަރ 2021 | ހުކުރު 23:05
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ރެލީގެ ތެރެއިން
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ރެލީގެ ތެރެއިން
ޕީޕީއެމް
އިދިކޮޅު ސިޔާސީ ޕާޓީ
ފެންނެތް ބޮޑެތި ކާށި ނުބިންނަވާށެވެ.
 
އިންގިލާބު ކޮމިޓީއަށް ރައީސުންނާއި ނާއިބުން އައްޔަންކޮށް މަސައްކަތް ފަށައިގަތް ވާހަކަ ވިދާޅުވި
 
ރައްޔިތުންގެ ލޭ އެންމެ އަވަހަށް ކައްކުވާލަނީ ދީނާއި މިނިވަންކަމާއި ދިދައިގެ ވާހަކައިން
 
އިންޑިއާއަކީ ދުޝްމަނެއް ކަމުގައި މިވަގުތުން ވަގުތަށް ކަނޑައެޅުއްވީކަމަށް ވިދާޅުވި

އިރުއަރައިގެން އައީ ނިކަން ވަރުގަދަ ކޮމިޓީއެއް ރާއްޖޭގައި އުފެއްދި ވާހަކައާއެކުއެވެ. "އިންޤިލާބު ކޮމިޓީ" ނަމުގައި ކޮމިޓީއެއް އުފައްދައި، ވަރުގަދަ ވައުދުތަކެއް ރައްޔިތުންނަށް ވީ ވާހަކައާއެކުއެވެ. މިވާހަކަ ތުންތުން މަތިން އިވުމާއެކު، ވެގެން އުޅޭގޮތް ސާފުކޮށްލީމެވެ.

ކަމަކުދާކަށް ނެތެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ދެތިން ބޭފުޅަކު ޓީވީތަކުގައި މިއޮއް ދައްކަވަމުން ގެންދަވާ ވާހަކައަކުން ހަމަ ހައިރާންވެ އަންތަރީސްވެގެން ބަލަން އިނދެވުނީއެވެ. ވިދާޅުވަމުން ގެންދެވީ މިއަދުން ފެށިގެން ޤައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް އިންޤިލާބު ކޮމިޓީ އުފެއްދެވީ ކަމަށެވެ. ކޮމިޓީއަށް ރައީސުންނާއި ނައިބުން އައްޔަނުކޮށް މަސައްކަތް ފަށައިގަތް ވާހަކައެވެ. މިނިވަންކަން މިފަހަރު ހިމާޔަތްކުރާނެ ވާހަކައެވެ. އަވައްޓެރި އިންޑިއާއަކީ ދުޝްމަނެއް ކަމުގައި މިވަގުތުން ވަގުތަށް ކަނޑައެޅުއްވީ ކަމަށެވެ.

އެހިސާބުން ހިތަށް އެރިއެވެ. މިނިވަންކަމުގެ ދިފާއުގައި، ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓެވުމަށް ނުކުންނަވާ ފައުޖުގެ ފުރަތަމަވެސް އަމާޒަކީ ރާއްޖޭގެ ދުޝްމިނުންނާއި މިތުރުން އިންކޮށް މިންކުރުން ބާއެވެ. އެބޭފުޅުންގެ ސަރުކާރެއްގައިވެސް ރާއްޖެއިން ޤައުމުތަކާމެދު ގެންގުޅޭނީ ހަމަ އެފަދަ ޚާރިޖީ ސިޔާސަތެއްބާއެވެ. ވެރިކަމަށް އައުމުންވެސް، އިންޑިއާއަކީ ދުޝްމަނެއް ކަމުގައި އަޑުހަރުކޮށް ވިދާޅުވެ، އެގޮތުގެ މަތީގައި ދެމިތިބޭނެބާއެވެ. ނޫނީ ރާއްޖޭގެ ނެތް ދުޝްމަނެއް އުފަން ކުރުވުމަށް ކުރެވޭ މަސައްކަތަކަށް މި ވާހަކަތައް ނުވާނެބާއޭވެސް ހިތަށް އެރިއެވެ. ވެރިކަމުގެ އާރާއި ބާރު އޮތް ދުވަހު ގައިމު ފެނިގެން ދިޔައީ އެ ވިދާޅުވާ ދުޝްމިނާއެކުވެސް ކަރާއި ކަރު މަހާލައި ސަލާމްކޮށް، ދިމާވާ ކޮންމެ ކަމެއްގައި އެ ވިދާޅުވާ ދުޝްމިނުގެ އެހީއާއި މަދަދަށްވެސް އެދުނު މަންޒަރުވިއްޔާއެވެ.

ހަރުބަހެއްގައިވެސް އޮވެއެވެ. ޒަމާނުގައި ތިބާއަށް ދެ ދުވަސް ވެ އެވެ. އެއީ ތިބާއަށް އެއް ދުވަހެވެ. ތިބާގެމައްޗަށް އަނެއް ދުވަހެވެ. މާނައަކީ އާރާއި ބާރު އޮންނައިރު ތިބާގެ މައްޗަށް އެ ފަދަ ބަހެއް ބުނުމަށް ނޭދޭފަދަ ބަހެއް ނުވަތަ ތިމާގެ މައްޗަށް މީހަކު އެފަދަ އަމަލެއް ކުރަން ނޭދޭ އަމަލެއް ތިމާވެސް އެހެން މީހުންނާމެދު ނުކުރާށެވެ. މިއަދު އިންޑިއާއަކީ ދުޝްމިނެއް ކަމަށް ކަނޑައަޅައި، ޤައުމުގެ ޚާރިޖީ ގުޅުންތައް ހީނަރު ކުރުމަށް ތިޔަ ކުރައްވާ މަސައްކަތް މާދަމާ އަމިއްލަފުޅު ވެރިކަމެއްގައި އެހެން ބަޔަކު ނުކުމެ ކުރުމުން، ބައިނަލްއަޤުވާމީ މަސްރަހުގައި ރާއްޖޭގެ ޖާގައާއި، ޚާރިޖީ ސިޔާސަތުގެ މުހިންމު ކަމުގެ ވާހަކަ ނުދައްކަވާށެވެ.

ދެން ދެއްކެވި ވާހަކައަކުން، ދެތިން ފަހަރު އަލުން އަޑުއަހާލަން ޖެހުނެވެ. މި އަޑުއިވުނީ ހަމަ ރަނގަޅަށްބާއޭ ޔަޤީންކޮށްލުމަށެވެ. ވިދާޅުވީ މަލިކާއި ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށެވެ. އެކަމަށް ދައުވާ ކުރަން ނިންމެވި ކަމަށެވެ. ފޯޅަވަހީގައި ދިވެހިންގެ ގަބުރާއި ޑީއެންއޭ މިހާރުވެސް އެބަހުރި ކަމަށެވެ. ދިވެހި ދަނޑުބިންތަކާއި، ދިވެހިވަންތަ އަސަރު އެތަންތަނުގައި މިހާރުވެސް ހުރި ކަމަށެވެ. ވީމާ ދިވެހިންގެ ތަނެއްގެ ގޮތުގައި ފޯޅަވައްސާއި މަލިކު ކަނޑައެޅުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

ޤައުމީ ކަންކަމުގައި ރައްޔިތުންގެ ލޭ އެންމެ އަވަހަށް ކައްކުވާލަނީ ދީނާއި، މިނިވަންކަމާއި، ދިދައިގެ ވާހަކައިންކަަމަށް ވުމާއެކުވެސްމެ ތޯއްޗެކެވެ. "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" މިނަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ނުކުންނަވަމުން ގެންދަވަނީ ޤައުމާއި، ދީނާއި ސިޔާދަތު މިނިވަން ކުރުމުގެ ނަމުގައެވެ. ދިވެހި ބިމާއި ފަސްގަނޑު ހިމާޔަތްކޮށް، އަޅުވެތިކަމުން މިނިވަން ކުރުމުގެ ނަމުގައެވެ. މިނިވަންކަމަށްޓަކައި ނުކުންނަން އުޅުނު ފައުޖު މޫސުން ގޯސްވެ، އުޑުމަތި ބަނަވެލުމާއެކު، ގޭގެއަށް ވަދެ ބޮނދައިގެން ކަމަކު، ރައްޔިތުންނަށް ވާ ވައުދުތަކުގެ ބިޔަކަން ހިތަށް އަރާފައި އާޝޯހުވިއެވެ. އެ ވިދާޅުވަނީ އިނގިރޭސިވިލާތާއި މޮރިޝަސް ފަދަ ޤައުމުތަކުން މިލްކުވެރިކަމަށް ދައުވާ ކުރަމުންދާ ފޯޅަވަހިވެސް ގެނެސް، ޤައުމުގެ އުނގުގައި ބަހައްޓައިދޭނެ ވާހަކަ ވިއްޔާއެވެ.

ހަރުބަހެއްގައިވެސް އޮވެއެވެ. ފެން ނެތް ބޮޑެތި ކާށި ނުބިންނާށެވެ. މާނައަކީ ނުކުރެވޭ ވަރުގެ ބޮޑެތި ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެ، "ސަޅިބައިސާ" ނުކަނޑާށެވެ. ސިޔާސީ މަސްތުގެ ޖޯޝާއި ފޯރީގައި ކޮންމެ ވާހަކައެއްވެސް ދެއްކެވިދާނެއެވެ. ނަމަވެސް ރައްޔިތުންނަކީވެސް ތަންދޮރު ނުދަންނަ ބައެކޭ ހީފުޅު ނުކުރައްވާށެވެ. އެކި ނަންނަމުގައި ތިޔަ ބާއްވަވާ ޙަރަކާތްތަކާއި، މިނިވަންކަން ނިވާފަތްގަނޑަކަށް ހައްދަވައި، ތިޔަ ވެވަޑައިގަންނަވާ ވައުދުތަކަކީ އަންނަން އޮތް އިންތިޚާބަށް ފައްކާކުރާ މޭވާތަކެއްކަން ނޭނގޭ ބަޔަކު މަދެވެ. ފެންނެތް ބޮޑެތި ކާށި ނުބިންނަވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
15%
0%
31%
0%
54%
ކޮމެންޓް
13 ނޮވެންބަރ 2021 | ހޮނިހިރު 06:22
ސަންފަ
އިލްމީ ނަޒަރަކުން ބަލަނީނަމަ މިއީ ވަރަށް ފުރިހަމަ ރިޕޯޓެއް. ލައްކަ ދުވަސްވެއްޖެ މިފަދަ ލިޔުމެއް ނުފެންނަތާ. ލިޔުންތެރިޔާއަށް ޝުކުރު.
ގުޅުންހުރި
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް މަޖިލީހުގެ ރައީސް ޖޭއެސްސީއަށް ހުށަހަޅުއްވައިފި