ކ. މާލެ
|
26 މެއި 2017 | ހުކުރު 06:48
އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލަށް މަރުވެފައި އޮތްވާ ފެނުނު އިރުސާދުގެ ހަށިގަނޑު ގެނާއި ވަގުތު
އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލަށް މަރުވެފައި އޮތްވާ ފެނުނު އިރުސާދުގެ ހަށިގަނޑު ގެނާއި ވަގުތު
ރާއްޖެ އެމްވީ
ދަންޖެހުން
ދަންޖެހިގެން އައްޑޫ ސިޓީން މީހަކު މަރުވެއްޖެ
ފުލުހުންނަން ރިޕޯޓް ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ދަންވަރު 12:08 ކަންހާއިރު
ދަންޖެހި މަރުވެފައި ވަނީ މަރަދޫ އިރުސާދު މުހައްމަދު
އިރުސާދުގެ ހަށިގަނޑު ވަނީ ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްފައި

އައްޑޫ ސިޓީ މަރަދޫ މީހަކު ދަންޖެހިފައި އޮތްވާ ފެނިންޖެ އެވެ.  

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިގެން މަރުވެފައި ވަނީ މަރަދޫ އިރުސާދު މުހައްމަދުއެވެ. އިރުސާދު ދަންޖެހިފައި އޮތްވާ ފެނުނީ އެނާ ދިރިއުޅޭ މަރަދޫ، ސަދުރު ގޭގެ ކޮޓަރީތެރެއިނެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ދަންވަރު 12:08 ކަންހާއިރު އައްޑޫ ސިޓީ މަރަދޫން މީހަކު ދަންޖެހިފައި އޮއްވަ ފެނުނު ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަރުގެ މައްސަލަ ތަޙްގީގް ކުރަމުންދާ ކަމަށެވެ.

 

އޮފިޝަލް ވިދާޅުވީ، އެނާ ދިރިއުޅޭ ގޭގައި މި ވަގުތު ފުލުހުންގެ ޓީމެއް ހަރަކާތެރިވަމުންދާ ކަމަށެވެ. އެހެންމަވެސް އިރުސާދު މަރުވެފައި ވަނީ އަމިއްލައަށް ދަންޖެހިގެން ކަމެއް އަދި ފުލުހުން ނިންމާފައެއް ނުވެ.

 

"ތަހްގީގް ކުރަމުންދާ މައްސަލައަކަށްވަތީ އިތުރު ތަފްސީލެއް މި ވަގުތު ދެވޭކައް ނެތް" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

 

އިރިސާދުގެ ހަށިގަނޑު މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ހިއްސާކުރި އައްޑޫ މީހަކު ބުނީ އިރުސާދު ބުރާސްފަތި ދުވަހުގެ ރޭ 10:00 ކަންހާއިރު ވެސް ފެނިފައިވާ ކަމަށެވެ. އަދި އެވަގުތު އެނާ ކަމަކާ ކޮންބޮޑުވެގެން އެއްވެސް ވާހަކަ ވެސް ދައްކާފައި ނުވާ ކަމަށް އެނާ ބުންޏެއެވެ.

- ކޮމެންޓް