Advertisement
ކ. މާލެ
|
26 މެއި 2017 | ހުކުރު 05:02
މޯލްޑިވްގޭސް ރޯދަމަހު ވިއްކާ ގަޑިތައް ވަނީ ކަނޑައަޅާފައި
މޯލްޑިވްގޭސް ރޯދަމަހު ވިއްކާ ގަޑިތައް ވަނީ ކަނޑައަޅާފައި
ޓްވިޓަރ
މޯލްޑިވް ގޭސް
ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި
ގޭސް ވިއްކާނެ އެންމެ ލަސްގަޑިއަކީ ރޭގަނޑު 11 ޖަހާއިރު

ރޯދަމަހު މޯލްޑިވް ގޭސްއިން ހިދުމަތްދޭ ގަޑިތައް އެކުންފުނިން ކަނޑައަޅައިފިއެވެ.
މޯލްޑިވް ގޭސްއިން ބުނީ، މާލެ ހުޅުމާލެ އަދި ވިލިމާލެ ސްޓޭޝަނުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ދުވާލު ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރު ފަހު 15:00 އަށް ކަމުގައެވެ. އަދި ރޭގަނޑު ހުޅުވިފައި ހުންނާނީ 20:30 އިން 23:00 އަށް ކަމުގައެވެ.

މީގެ އިތުރުން ހުކުރު ދުވަހު ދުވާލު ހުޅުވިފައި ހުންނާނީ މެންދުރު ފަހު 13:30 އިން 15:00 އަށް ކަމަށާއި ރޭގަނޑު 20:30 އިން 23:00 އަށްކަމަށްވެސް މޯލްޑިވް ގޭސްއިން ބުނެއެވެ.

އަދި ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް، އޯޑަރު ނެގޭނީ އެންމެ ފަސްވެގެން ދުވާލު 15:00 އަށް އަދި ރޭގަނޑު 23:00 އަށް ކަމަށްވެސް މޯލްޑިވް ގޭސްއިން ބުނެއެވެ.

މޯލްޑިވް ގޭސްއިން ބުނީ ތިލަފުށި ފިލިންގ ޕްލާންޓް ހޮނިހިރުން ބްރާސްފައްޗަށް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 މެންދުރު ފަހު 15:00 އަށް ކަމަށާއި ހުކުރު ދުވަހު ބަންދުވާނެ ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް