ކުރިން ވެސް ލަފާކޮށްފައި އޮތް ގޮތަށް މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް ދިވެހިރާއްޖޭގެ ފަލަކީ ކޮމިޓީން މިރޭ ކަނޑައަޅައިފި އެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތުރުމަށްޓަކައި މިރޭ ފަލަކީ ކޮމެޓީން ބޭއްވި ބައްދަލުވުމުން ނިންމާފައިވަނީ ޝައުބާން މަހުގެ 30 ވަނަ ދުވަހަކީ ހުކުރު ދުވަސް ކަމަށެވެ. އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހޮނިރު ދުވަސް ކަމަށެވެ.
މި ގޮތަށް ފަލަކީ ކޮމިޓީން ނިންމީ އެއްވެސް އިސްލާމީ ގައުމަކަށް ހަނދު ފެނިފައި ނުވާތީ އާއި ރާއްޖެ އަށާއި އިސްލާމީ އެއްވެސް ގައުމަކަށް ބުރާސްފަތި ދުވަހުގެ ރޭ ހަނދު ފެނުމުގެ ފުރުސަތު ނެތް ކަމަށް ފަލަކީ ހިސާބުން ދެއްކުމުންނެވެ.
ސައުދީ އަރަބިއްޔާއިންވެސް ވަނީ ހަނދު ފެނުނުކަން ސާބިތު ނުކުރެވޭ ކަމަށް ނިންމާ، ހޮނިހިރު ދުވަހަކީ މިއަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ކަނޑައަޅާ އިއުލާން ކޮށްފައެވެ.
ދުނިޔޭގެ ކަންކޮޅު ތަކުގައި މިއަހަރުގެ ރޯދަ މަސް ފެށޭނީ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހުއެވެ.
ރޯދަ މަހަށް ބާޒާރަށް ބާރުބޮޑުވެފައިވާއިރު، އެސްޓީއޯއިން ވަނީ ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ބައެއް ބާވަތްތައް ގެނެސްފަ އެވެ.