ކ. މާލެ
|
3 ނޮވެންބަރ 2021 | ބުދަ 22:11
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ސޯޝަލް މީޑިއާ
މަގޭ ރިޕޯޓު
ދައުލަތުގެ މާލިއްޔަތުން "ސޫޓާއި ބޫޓު" ގަތް ބޭފުޅުންގެ ދެކޮޅުނުޖެހޭ އެޖެންޑާ!
 
2018 ވަނަ އަހަރު ރައްޔިތުން ވަނީ ޚާއިނުންގެ އަތުން އޮޑީގެ ހުންގާނު އަތުލާފައި
 
ރައްޔިތުން ބައިބައި ކުރުމުގެ ޚިޔާލު ނޫނީ ނުގެންގުޅުއްވާ
 
ގައުމުގެ ތަރައްގީގެ ފާލަން ރޫޅާލުމަށް ގިނަ މަސައްކަތްތަކެއް ކުރޭ

ނާކާމިޔާބީގައި ހިތްވަރު އައުކޮށް، ކާމިޔާބީގެ މަންޒިލަށް ވާސިލްވުމަށްޓަކައި މަސައްކަތް ކުރުމަކީ މުޅި ދުނިޔެވެސް އެކަން ގަބޫލުކުރާ ކަމެކެވެ. ނާކާމިޔާބީއާއި ކާމިޔާބުގެ ރަހަ ލިބުމުން އެކި ގޮތްގޮތަށް އަމަލު ކުރާ މީހުން ތިބެއެވެ. އޭގެ ދެވަނައެއް ނުވާ މިސާލެއް، މިއަދުވެސް ރާއްޖެއިން ފެންނަން އެބަހުއްޓެވެ. މިއީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްކޮށް ދައްކާ ވާހަކައެއްހެން ހީވެދާނެއެވެ. މި ދައްކަން އުޅޭ ވާހަކައިގެ ކަށަވަރު މިސާލަކީ އެ ޕާޓީއަށް ވުމުން ކުރާނެ ވަކި ކަމެއްވެސް ނޯންނާތާއެވެ.

ވެރިކަން ލިބި، ކާމިޔާބީގެ ރަހަ ލުމުން ބޮޑު ގޮނޑިކޮޅަށް ވެޑުވިގެން ތިބެ އެބޭފުޅުން ކަންކަން ކުރެއްވީ ހިތުހުރިހާ ގޮތަކަށެވެ. ދައުލަތުގެ މާލިއްޔަތުން ނުކުރާ ވައްކަމެއް ނެތެވެ. ރައްޔިތުންގެ މާލިއްޔަތުން ވައްކަން ކުރީ ރޯމާ ދުވާލު މޮޅެތި އުކުޅުތައް ބޭނުންކޮށްގެންނެވެ. ރާއްޖޭގެ ފަޅު ރަށެއް އޮތިއްޔާ ނުއަގުގައި ވިއްކައި, ލިބުނު ލާރިކޮޅުވެސް އެޅި ޖީބަށެވެ. މަތީ ޖީބު ބަރުކޮށްގެން، އެކަންކަން ރައްޔިތުންނަށް ހާމަވުމާއި އެކުވެސް ހެދީ ދޮގެވެ. އެއްވެސް ބޭފުޅަކު ދެނެހުރި ކަމަކަށްވެސް ނުހެދުނެވެ.

5 އަހަރުގެ ދައުރެއް ފުރިހަމަކޮށް، ދެން ކުރިމަތިލާންޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ. ވެރިކަމުންވެސް، މަޖިލީސް އިންތިޚާބުންވެސް ރައްޔިތުން ބޮޑުތަނުން ނޫނެކޭ އެ ބޭފުޅުންނަށް ބުންޏެވެ. އެހިސާބުން، ފެނުނީ ނާކާމިޔާބީގައި އެބޭފުޅުން ބޭނުންކުރަން ފެށި އެޖެންޑާތަކެވެ. ގައުމީ ކަމެއްވިޔަސް، އަދި އެނޫން ކަމެއްގައިވިޔަސް ރައްޔިތުން ބައިބައި ކުރުމުގެ ޚިޔާލު ނޫނީ ނުގެންގުޅުއްވައެވެ.

ޕާޓީގެ ހަރުވާޅު ލައި، ޒާތީ ފިކުރުން ހެދުން އަޅައި، ގައުމުގެ ތަރައްގީގެ ފާލަން ރޫޅާލުމުގެ މަސައްކަތް ފެށިއެވެ. ގައުމުގެ ސަލާމަތުގެ އައްސޭރި ފުނޑުކޮށް، އަމާން ބަނދަރު މުގުރާލުމުގެ މަސައްކަތް ފެށިއެވެ. ވަރުގަދަ ޚާރިޖީ ސިޔާސަތާއެކު މި ސަރުކާރުން ދޭދޭ ގައުމުތަކާއެކު ބަދަހިކޮށްފައިވާ ގުޅުން ބުރޫ އެރުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިނިވަންކަމުގެ ދިފާއުގައިކަމަށް ބުނެ، ވަކި ގައުމެއްގެ އަސްކަރިއްޔާގެ ބޭފުޅުން ރާއްޖެއަށް އަތްގަދަ ކުރާ ކަމަށް ބުނެ, ނަފްރަތު އުފައްދަން ފެށިއެވެ. ރަތްކުލައިގެ ޓީޝާޓު ތުރުކުރައްވައިގެން އެކަން ކުރައްވާތާ އަހަރަކަށްވުރެންވެސް ގިނަ ދުވަސް ވެއްޖެއެވެ. ކުރިމަތި ލާންޖެހުނީ އަނެއްކާވެސް ނާކާމިޔާބީއާއެވެ.

ދެން އެބޭފުޅުންގެ ބޭނުންކުރައްވާ އެއް އުކުޅަކީ, ގައުމީ ކަންކަމުގައި އަދުގެ ސަރުކާރުގެ ބޭފުޅުންނަކީ ޚާއިނުންގެ ގޮތުގައި ދެއްކުމެވެ. ނަސްރުގެ ދުވަސްވެސް ސިޔާސީ ކުރުން ނޫންކަމެއް ނުކުރެއެވެ. އަދި އެހެން ދުވަހެއް އަޔަސް ގައުމު އަޅުވެތިވެފައިވާ ވާހަކަ ނޫނީ ދައްކާތަނެއް ނުފެނެއެވެ. ނަސްރުގެ ދުވަހު މުނާސަބާގައި މިނިސްޓަރ މާރިޔާ, ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ދެއްކެވި ވާހަކައަށް އެކަނި ބަލާލުމުންވެސް ފުދެއެވެ. މި ގައުމުގައި އެހެން އެއްވެސް ގައުމެއްގެ ސިފައިން ހަތިޔާރާއި އެކު ނޫޅުއްވާކަމުގެ ޔަގީންކަން ދެއްވިއެވެ. އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރިޔަށްގެންދާކަން ވަނީ ހާމަކުރައްވާފައެވެ. އަދި އެ މަސައްކަތުގެ ނަތީޖާ ދަނީވެސް ފެންނަމުންނެވެ.

ރައްޔިތުމީހާގެ ހިތުތެރޭގައި ބިރުވެރިކަމާއި ނާމާންކަން ފަތުރަން ބަޔަކު މަސައްކަތް ކުރިޔަސް ކާމިޔާބު ވާނީ ކިހިނެއްތޯއެވެ. 2018 ވަނަ އަހަރު ރައްޔިތުން ވަނީ ޚާއިނުންގެ އަތުން އޮޑީގެ ހުންގާނު އަތުލައި, ރައްޔިތުން ވެގެން މި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ބަނދަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
14%
0%
0%
14%
0%
71%
ކޮމެންޓް
ގުޅުންހުރި
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް މަޖިލީހުގެ ރައީސް ޖޭއެސްސީއަށް ހުށަހަޅުއްވައިފި