Advertisement
ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 19:20
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ އަދި މިހާރު އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ އަދި މިހާރު އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ
ގޫގުލް
އާސަންދަ
އާސަންދައިގެ އެމްޑީއަކަށް ހަސަން އަލީ ހަމަޖައްސައި މައުމޫނު ހައުސިން އަށް ބަދަލުކޮށްފި
މައުމޫން މަގާމުން ވަކިކޮށްފައިވާ ވަކިސަބަަބެއް ހާމައެއް ނުކުރޭ
މައުމޫނު ބަދަލުކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސާފައި
ބަދަލުތައް ގެނައި އިރު މިއަދު ވަނީ ކެބިނެޓް ބައްދަލުވުމެއް ބާއްވާފައި

އާސަންދަ ކުންފުނީގެ މެނީޖިންގ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި މައުމޫން އަބްދުއްސަމަދު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ހަމަޖައްސަވައި އާސަންދައިގެ އެމްޑީގެ މަގާމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ހަސަން އަލީ ހަމަޖައްސަވައިފިއެވެ. 

ހަސަން އަލީ އަކީ މީގެ ކުރިން ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމު ވެސް ފުރުއްވާފައެވެ. 

މަގާމުތަކަށް ބަދަލު ގެނައި ސަބަބު ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކެބިނެޓް ބައްދަލުވުމެއް މިއަދު ބޭއްވި ކަމަށާއި އަދި ވަޒީރުންގެ ލަފާގެ މަތިން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަަމށެވެ.  ނަމަވެސް އޭގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 މެއި 2017 | ބުރާސްފަތި 15:14
އެނޯނިމަސް
ކަލޯތީ ފުޅިމަދު އުގުރިއެއްތަ. ކޮންމެތާކު ބޭނުންކޮށްލާފަ އެއްލާލަނީ. އަމިއްލަނަފުސައް ރެސްޕެކްޓެއްނެތްތަ.