ކ. މާލެ
|
1 ނޮވެންބަރ 2021 | ހޯމަ 23:12
ހަވީރުގެ ވަގުތު ރަސްފަންނު ސަރަހައްދު
ހަވީރުގެ ވަގުތު ރަސްފަންނު ސަރަހައްދު
އަތޫފް އާތިފް
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހޯމަ ދުވަހު ޕޮޒިޓިވްވީ 131 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 28 މީހުން
އަތޮޅުތެރެއިން 95 މީހުން ވަނީ ޕޮޒިޓިވްވެފައި

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 131 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އާދީއްތަ ދުވަހުގެ ހަވީރު 6:00އިން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 6:00އަށް ރާއްޖެއިން 4،018 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 131 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 28 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 95 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހުންނެވެ.

އިތުރު 131 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 87،915ށް އަރާފައެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 1،836 މީހުން ތިބިއިރު، އޭގެ ތެރެއިން 29 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ރާއްޖެއިން ފެންނަ ކޮވިޑްގެ ކޭސްތައް އެއްވަރެއްގައި ވަނީ ހިފެހެއްޓިފައެވެ. ހާއްސަކޮށް ކޮވިޑްގެ ހަތަރުވަނަ ރާޅަށްފަހު މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު ވަނީ މަދުވެފައެވެ.


Advertisement
- ކޮމެންޓް