ކ. މާލެ
|
1 ނޮވެންބަރ 2021 | ހޯމަ 15:28
އަޒްހީލް އަހުމަދު ހިފްޒު ކްލާހެއްގައި
އަޒްހީލް އަހުމަދު ހިފްޒު ކްލާހެއްގައި
އަޒްހީލް އަހުމަދު
ގުރުއާން ހިފްޒުކުރުން
އަޒްހީލްގެ ހިފްޒު ޕްރޮގްރާމް: ހިލޭ ހިފްޒުކޮށްދިނުމަށް ރާއްޖޭގައި ހިންގާ ފުރަތަމަ ޕްރޮގްރާމް
 
މަސައްކަތަށް އާންމުންގެ އެހީ ބޭނުންވާކަން ފާހަގަކުރޭ
 
މިހާތަނަށް 170 މީހަކަށް ހިފްޒުކޮށްދެމުންދޭ
 
މި މަސައްކަތް ފެށީ ސެޕްޓެމްބަރު މަހު

ތިމާ ކުރާ އެންމެ ހެޔޮ ކަމަކުން އޭގެ ފައިދާ ދުނިޔެއާއި އާޚިރަތުގައި ކުރާނެ ފަދަ ކަންކަން ވެއެވެ. މީގެ ތެރެއިން އެއް ކަމަކީ ކީރިތި ގުރުއާން ހިފްޒު ކުރުމެވެ. މިކަމުން ދުނިޔެމަތީގައި އުޅޭއިރު އެތައް ބައެއްގެ ލޯބި ލިބޭއިރު، އާޚިރަތުގައި މިކަމުން ލިބޭ ފައިދާ މާ ބޮޑެވެ. ކީރިތި ގުރުއާން ހިތުދަސްކުރާ މީހާއަށް މާތް ﷲ ގެ ހަޒްރަތުގައި އޮންނަ ގަދަރު އަދި މާ ބޮޑެވެ.

މަދުން ނަމަވެސް ރާއްޖޭގައި ކީރިތި ގުރުއާން ހިފްޒުކޮށްފައި ތިބި މީހުން އުޅެއެވެ. އަދި ހިފްޒު ކުރަމުންދާ ބަޔަކުވެސް އުޅޭއިރު، އިތުރު މީހުންނަށް ގުރުއާން ހިފްޒުކުރުމަށް އެހީތެރިވެދޭ މީހުންވެސް އުޅެއެވެ. މިގޮތުން މިވަގުތު ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހިފް ޕްރޮޖެކްޓު ފާހަގަކޮށްލެވެއެވެ. މި ޕްރޮޖެކްޓު ހިންގުމުގައި ހަރަކާތްތެރިވާ އަޒްހީލް އަހުމަދު ވަނީ ސައުދީ އަރަބިއްޔާގެ ހާފިޒެއް ތައާރަފްކޮށްފައިވާ ކާމިޔާބު ހިފްޒު މެތަޑަކާއި ބެހޭ ކުރު ކޯހެއް، އޮންލައިންކޮށް ފުރިހަމަކޮށްފައެވެ. އަޒްހީލަކީ މަދަހަ ކިޔާ މީހެއްގެ އިތުރުން ގުރުއާންވެސް ރީތިކޮށް ކިޔަވަން އެނގޭ މީހެކެވެ. ހިފްޒު ޕްރޮޖެކްޓުގެ އިތުރުން އަޒްހީލް ގެންދަނީ ގުރުއާން ކްލާސްތައްވެސް ނަގައިދެމުންނެވެ. އެހެންނަމަވެސް އޭނާ ހިފްޒު ޕްރޮޖެކްޓު ކުރިއަށްގެންދަނީ އެއްވެސް ފީއެއް ނުނަގައި ހިލެއެވެ.

އަޒްހީލް ބުނީ ސައުދީ އަރަބިއްޔާއިން އޭނާ ހެދި ހިފްޒު ކޯހުގައި ކިޔަވައިދޭން ގެންގުޅުނީ ވަރަށްވެސް ރަނގަޅު މެތަޑެއް ކަމަށެވެ. އެ މެތަޑުގެ ސަބަބުން އެ ކޯސް ދެ މަސްދުވަހުގެ ތެރޭގައި ނިންމާފައިވާކަމަށް އަޒްހީލް ކިޔައިދިނެވެ. މި މެތަޑަކީ ގިނަ ބަޔަކަށް ވަރަށް ފަސޭހައިން ހިފްޒު ކުރެވުނު މެތަޑެއް ކަމުން މި މެތަޑު ބޭނުންކޮށްގެން ރާއްޖޭގައިވެސް މިފަދަ ޕްރޮގްރާމެއް ހިންގިދާނެ ކަން ވިސްނުމަށް އައީ ކަމަށް އަޒްހީލް ބުންޏެވެ. އެހެންކަމުން މި މެތަޑަށް ކުދިކުދި ކަންކަން އިތުރުކޮށްގެން، މިއަހަރުގެ ސެޕްޓެމްބަރުމަހު، 14 ކުދިންނާއެކު 5 މަސް ދުވަހުގެ ކޯހެއް ފެށީ ކަމަށް އަޒްހީލް ބުނެފައިވެއެވެ.

ފުރަތަމަ ބެޗުގެ ކިޔެވުން ފެށުމުން މި މެތަޑު ރަނގަޅުކަން އިތުރަށް ޔަގީން ކުރެވުމުން އިތުރު ކުދިންތަކެއް ނެގީކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ތިންވަނަ ބެޗެއްވެސް ނަގާފައިވާކަމަށާއި، މިވަގުތު ގުރުއާން ހިތުދަސްކުރަމުންދާ 170 ކުދިން އެބަތިބި ކަމަށް އަޒްހީލް ވަނީ ކިޔައިދީފައެވެ. މީގެ ތެރޭގައި ގާތްގަޑަކަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކުދިންވެސް އުޅޭކަމަށް އަޒްހީލް ބުނެފައިވެއެވެ. އަޒްހީލް ބުނީ މި ހުރިހާ ކުދިންގެ މަސައްކަތްތައްވެސް މޮނިޓަރ ކުރަމުންދަނީ އޮންލައިންކޮށް ވަކި އިންތިޒާމެއްގެ ތެރެއިންނެވެ. ޕޮރޮގްރާމް ރޭވިފައިވާ ގޮތުން ކާމިޔާބު ކަމާއެކު ހިފްޒު ކުރެވޭނީ ކޮންމެ ހަފުތާއަކު ވެސް ހަވާލުކުރެވޭ މަސައްކަތް ނިންމަމުން ދާ ކުދިންނަށެވެ.

އަޒްހީލް ކިޔައިދިން ގޮތުގައި އޭނާއަކީ ކޮންމެވެސް ވަރަކަށް ސައިކޮލޮޖީވެސް ކިޔަވާފައި އަދި ލައިފް ކޯޗިން ސެޓްފިކެޓް ވެސް އޮތް މީހަކަށްވާތީ ކުދިން މެނޭޖް ކުރުމާއިއެކު މޮޓިވޭޓުކޮށްގެން ކްލާސްތައް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަން އުނދަގުލެއް ނޫނެވެ. އަދި ދޭތެރެދޭތެރެއިން ކުދިން ކްލާސްތަކާއިމެދު ދެކޭގޮތް ބެލުމަށް ސަރވޭތައްވެސް ހަދާ ކަމަށާއި، ހުރިހާ ކުދިންވެސް ކްލާސްތަކާއިމެދު ހިތްހަމަޖެހޭކަމަށް ބުނާ ކަމަށް އޭނާ ބުނެފައިވެއެވެ.

އަޒްހިލް ބުނީ އޭނާ މި މަސައްކަތް ފަށަން ނިންމީ މިކަމުން ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ހެވާއި ދަރުމައަށް ވިސްނުމަށް ފަހުގައި އަދި އަމިއްލަ ގައުމާއި އިސްލާމީ އުއްމަތަށް ޚިދުމަތެއް ކުރުމުގެ މަގްސަދުގައި ކަމަށެވެ.

މަސައްކަތަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތެއް ނަމަވެސް ކްލާސްތައް ހިންގުމަށް ކޮންމެވެސް ވަރެއްގެ އެހީއެއް ބޭނުންވާ ކަމަށެވެ. އިތުރު ކްލާސްތައް ފެށުމުގެ ކުރިން ރާއްޖޭގެ ބޮޑެތި ވަރަށް ގިނަ ވިޔަފާރިތަކަށް ސިޓީފޮނުވާ، އެހީތެރިކަން ފޯރުކޮށްދޭން އެދުނުނަމަވެސް އެއިން އެއްވެސް ފަރާތަކުން އެހީއެއް ނުލިބުމުންފޭސްބުކްގައިޕޯސްޓެއް ޖަހައި އާންމުންގެ އެހީއަށް އެދުނީ ކަމަށް އަޒްހީލް ކިޔައިދިނެވެ. އަދި މިހާތަނަށް އައި އިރު އާންމުންގެ ފަރާތުން 7،000 ރުފިޔާގެ އެހީ ލިބިފައިވާކަމަށް އަޒްހީލް ބުނެފައިވެއެވެ. އެހެންނަމަވެސް މިފަދަ ބޮޑު ޕްރޮގްރާމެއް ކުރިއަށްގެންދާއިރު، އަދިވެސް އެހީ ބޭނުންވާނެކަން ފާހަގަކޮށް އަޒްހީލް ވަނީ ވީހާވެސް ގިނަ ބައެއްގެ އެހީ ލިބޭނެ ކަމަށް އުންމީދުކުރާކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
2%
92%
1%
6%
0%
1%
ކޮމެންޓް
5 ނޮވެންބަރ 2021 | ހުކުރު 08:47
ނާނި
އެހީ ބޭނުންވާ ކަންކަމުގެ ތަފްސީލްވެސް ހިމަނާލިނަމަ.....އޮންލައިންކޮށް ގެންދާ ޕްރޮގްރާމަކަށް އެހީ ބޭނުންވަނީ ކޮންކަމަކަށްކަން ނުވިސްނިފަ މިހުރީ
5 ނޮވެންބަރ 2021 | ހުކުރު 02:15
ާީއައިންތު
މާޝާﷲ👏👍❤
2 ނޮވެންބަރ 2021 | އަންގާރަ 17:47
ފާތި
މާޝާﷲ. ތިޔަމާތްމަސައްކަތުގައި ބަރަކާތްލައްވާ ހެޔޮ ގޮތް މެދުވެރި ކުރައްވާނދޭވެ. ކޮންމެވެސް ފީއެއް ނަންގަވާ ބޮޑެތި މީހުންނަށްވެސް ފުރުސަތު ދެއްވުން ރަގަޅުވާނެ.
2 ނޮވެންބަރ 2021 | އަންގާރަ 10:26
މުޙައްމަދު
ބައިވެރިވާން ބޭނުން، ކިހިނެތް ހަދަންވީ
2 ނޮވެންބަރ 2021 | އަންގާރަ 07:41
****
ބައިވެރިވާން ބޭނުން..ކިހިނެއްތޯ ހަދަންޖެހެނީ؟
1 ނޮވެންބަރ 2021 | ހޯމަ 22:48
ޙަހަހަ
ބައިވެރިވާން ކިހިނެތްތޯ ހަދަންޖެހެނީ
1 ނޮވެންބަރ 2021 | ހޯމަ 22:28
ދިޔާ
ބައިވެރިވާނެގޮތެއް
1 ނޮވެންބަރ 2021 | ހޯމަ 20:00
ޒިދުނާ
ބައިވެރިވާން ބޭނުން
1 ނޮވެންބަރ 2021 | ހޯމަ 19:38
ޢަޙުމަދު
ރަގަޅުމަސައްކަތެއް. މަަާތްﷲ ތިޔަމަސައްކަތުގައި ބަރަކާތް ލައްވާ ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިއުމަށް މަގުފަހިކުރައްވާށި. އާމީން
1 ނޮވެންބަރ 2021 | ހޯމަ 19:19
ދޮން
÷ބައިވެރިވަަަަން ކިހިނެެއް ހަދަން ޖެހެނީި
1 ނޮވެންބަރ 2021 | ހޯމަ 17:55
އައިމިނަތު
ބައިވެރިވާން ކިހިނެތްތޯ ހަދަންޖެހެނީ
1 ނޮވެންބަރ 2021 | ހޯމަ 16:57
ދަރިވަރެއް
މާޝާﷲ! ބަރަކާތް ލައްވާށި!