ހދ. ކުޅުދުއްފުށި ސިޓީ
|
31 އޮކްޓޯބަރ 2021 | އާދީއްތަ 18:41
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށްދަނީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށްދަނީ
ފޭސްބުކް
ކުޅުދުއްފުށި ސިޓީގައި ނަސްރުގެ ދުވަސް ކުލަގަދަކޮށް
ކުޅުދުއްފުށީގައި ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް ބާއްވަނީ
ނަސްރުގެ ދުވަހުގެ ބަތަލު ހުސައިން އާދަމް ނިސްބަތްވަނީ ކުޅުދުއްފުށި ސިޓީއަށް

މިއަހަރުގެ ނަސްރުގެ ދުވަސް ކުލަގަދަ ގޮތެއްގައި ކުޅުދުއްފުށީގައި ފާހަގަކުރުމަށްޓަކައި އަފީފުއްދީން ސްކޫލާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ސިޓީކައުންސިލުން މައުލޫމާތު ދީފިއެވެ.

ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ; މިހަރަކާތް ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ, ނަސްރުގެ ދުވަހަކީ ކުޅުދުއްފުށީގެ ފަޚުރުވެރި ދަރިއެއްކަމަށްވާ ޝަހީދު ހުސައިން އާދަމްއަށް ނިސްބަތްވާ ދުވަހަކަށްވުމުން ކަމަށެވެ. އަދި ދުވަހުގެ ބަތަލަކީވެސް އެބޭފުޅާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ; އަފީފުއްދީން ސްކޫލާ ގުޅިގެން މި ދުވަސް ފާހަގަކުރަން ނިންމީ އެކަމަށް އެ ސްކޫލުން އިސްނަގައި ޝައުގުވެރިކަން ފާޅުކޮށްފައިވާތީކަމަށެވެ.

ދުވަހުގެ ހަރަކާތްތަކުގެ ގޮތުގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކަކީ 3 ސްކޫލުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޯސްޓަރު ކުރެހުމުގެ މުބާރާތަކާއި, އެދުވަހާ ގުޅޭގޮތުން ލިބިފައިހުރި މައުލޫތަކާ ގުޅޭގޮތުން ތަމްސީލު މުބާރާތެކެވެ. މިމުބާރާތުގައި ކޮންމެ ސްކޫލަކުން އެއް ތަމްސީލު ހުށަހަޅާނެއެވެ.

ދުވަހާ ގުޅޭ ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު, އެންމެ ފަހު ހަރަކާތަކަށް އޮތީ ނަސްރުގެ ދުވަހުގެ ޝުއޫރު ފާޅުކުރުމަށް ބާއްވާ އެއްބައިވަންތަކަމުގެ ހިނގާލުމެކެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3 1988ގައި, ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ރާއްޖެ އަރައި ދިން ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާކުރުމަށެވެ.

- ކޮމެންޓް