Advertisement
ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 15:57
ސިވިލް ސާވިސް ކޮމިޝަން
ސިވިލް ސާވިސް ކޮމިޝަން
ރާއްޖެ އެމްވީ
ރޯދަ އިނާޔަތް
ރޯދަ އެލަވަންސް ދިނުމުން ވެސް ގެއަށް ގެންދަން ލިބުނު އާމްދަނީ އިތުރެއް ނުވި!
މުސާރަ ހަދާފައި ވަނީ މިދިޔަ މަހުގެ 15 އިން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް
ފަސް ދުވަހުގެ މުސާރަ މަދުވާނެ

ރޯދަ މަހު އެލަވަންސްގެ ގޮތުގައި މުސާރައާ އެކު 3،000ރ. ދިން ނަމަވެސް ސަރުކާރު މުވައްޒަފުން ގެއަށް ގެންދަން ލިބުނު އާމްދަނީ އެހެން މަސްތަކާ އަޅާބަލާއިރު އިތުރުނުވާ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސް ލިބޭތީ އުފަލުން ތިއްބައި އަންގާރަ ދުވަހާއި ބުދަ ދުވަހު ސަރުކާރު މުވައްޒަފުންނަށް މުސާރަ ލިބުމުން ވަނީ މާޔޫސްކަމާ ކުރިމަތިލާންޖެހިފައެވެ.

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރާ މީހަކު ބުނީ ރޯދަ އެލަވަންސްގެ ގޮތުގައި 3،000ރ. ލިބުނު ނަމަވެސް މި މަހު ވެސް މުސާރައިގެ ގޮތުގައި ލިބުނީ އެހެން މަސްތަކުގައި ވެސް ލިބޭ މިންވަރަށް ކަމަށެވެ. ރޯދަ މަހުގެ އެލަވަންސަކީ ރޯދަ މަހުގެ ޚަރަދުތައް ބޮޑުވެގެންދާނެތީ ދޭ އެލަވަންސެއް ނަމަވެސް މި ފަހަރުގެ މުސާރަ އަށް ވީގޮތުން ގޭތެރޭގެ ކަންކަން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ބުންޏެވެ.

ރޯދަ އެލަވަންސް ދިން ނަމަވެސް މުސާރަ ބޮޑު ނުވީ ސަރުކާރު މުވައްޒަފުންގެ މުސާރަ މި ފަހަރު ހަދާފައި ވަނީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކަމަށް ވުމުންނެވެ. އާންމު އުސޫލެއްގެ ގޮތުން މުސާރަ ހަދަނީ މަހުގެ 15 އިން 15 އަށް ކަމަށް ވިޔަސް މި މަހުގެ މުސާރަ ހަދާފައި ވަނީ މިދިޔަ މަހުގެ 15 އިން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކަމަށް ވުމުން މުސާރައިން ފަސް ދުވަސް މަދުވާނެއެވެ. އެހެން ކަމުން އެ ފަސް ދުވަހަށްވާ ފައިސާ މި މަހުގެ މުސާރައިގަ ނުހިމެނޭތީ ގެއަށް ގެންދަން ލިބޭ އާމްދަނީން ބޮޑު ބައެއް އުނިވެގެންދާނެއެވެ. އުނިކުރި ފަސް ދުވަހުގެ ފައިސާ ލިބޭނީ އަންނަ މަހުގެ މުސާރައާ އެކުއެވެ.

"މުސާރައިގެ އިތުރުން އެ ތިންހާސް ލިބުން ނަމަ ވަރަށް ރަނގަޅު. ނަމަވެސް މިހާރު އެލަވަންސާ އެކު ވެސް މި ލިބުނީ ގާތްގަނޑަކަށް ހަމަ މިދިޔަ މަހު ވެސް ލިބުނު ވަރު. ދެރައީ މި މަހު ޚަރަދުތައް ބޮޑުވާނެތީ،" ސަރުކާރުގެ ވަޒީފާއެއް އަދާކުރާ މީހަކު ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 މެއި 2017 | ބުރާސްފަތި 20:56
ދަންނަ
ޕޭލީވްގަ ތިބޭ މުވައްޒިފުންނަށް ކޮންއިރަކު އިނާޔަތް ދިނީ؟
25 މެއި 2017 | ބުރާސްފަތި 17:44
އަންނި
ދޮގު ޚަބަރު ފެތުރުމަށް ކަލޯމެން ކުދިން ވަރެއް ނެތް. ސައިޓު ގަނޑުގެ މައްސަލަތައް ފުރަތަމަ ހައްލުކޮށ، ދެން ގައުމުގެ ވާހަކަ ދައްކަން މަޑުކުރޭ.
25 މެއި 2017 | ބުރާސްފަތި 16:29
Gavaidhu
Circular. ... fonuvy hurihaa thanah ekacheh. Dheyha vaaleh body..... mifaharu daulathah javaabu dhaary vaakah nujeheynebaaa.....
25 މެއި 2017 | ބުރާސްފަތި 16:23
Gaanoon
Maa rangalgehnu.... gaanoonaa ehgothashey kiyaafa f. Atholhu council ge muvazzafunnah inaayathehves ehen echeh ves nudey.... gaanoon engeny emme meehakah.....
25 މެއި 2017 | ބުރާސްފަތި 14:24
Private
Mi government staff in dguvahak ves hiy nufureyne bodu kameh .. Did u know aharun nah service charge nu dheytha 2 ma's roadha allowence mathin handhaan nethifa .. Adhi bunee kee key .. Next month salary ves maybe o libeyne .. Aharun ulhen jehey gothan ulhen vehjeya mi kudhin moya vaanu
25 މެއި 2017 | ބުރާސްފަތި 13:19
އަހުމަދު
އަބަދު ވެސް ރައްޔިތުންނަ ދޯގާ މިދެނީ މީ މިއަދުގެ ގައުމުގެ ހާލަތެވެ. މާތްﷲ އިރާދަކުރެއްވިޔާ އަދި ރަގަޅުވާނެއެވެ. އުއްމީދު ދޫނުކުރާނަމެވެ. އާމިން.