ކ. މާލެ
|
26 އޮކްޓޯބަރ 2021 | އަންގާރަ 10:14
އިތުރު މީހަކު ނިޔާވެފައިވަނީ އައްޑޫ ސިޓީން
އިތުރު މީހަކު ނިޔާވެފައިވަނީ އައްޑޫ ސިޓީން
ރާއްޖެއެމްވީ
ކޮވިޑްގައި އިތުރު މަރެއް
އޮކްޓޯބަރު މަހު ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 9ށް
ނިޔާވެފައިވަނީ 86 އަހަރުގެ ދިވެހި ފިރިހެނެއް

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ އަދަދު 241ށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނިޔާވެފައިވަނީ 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ހޯމަ ދުވަހުގެރޭ ދަންވަރު 12:10 ގައެވެ.

މިއީ އައްޑޫއިން މި ބަލީގައި މި މަސްތެރޭގައި ނިޔާވި 4 ވަނަ މީހާއެވެ. އައްޑޫ ސިޓީން ނިޔާވެފައިވަނީ ހުސް ފިރިހެނުންނެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި މިހާތަނަށް 9 މީހަކު މި ބަލީގައި ނިޔާވެފައިވާ އިރު، މީގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީން 3 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 2 ފިރިހެނުންނާއި އަންހެނެކެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން ދުވަސްވީ އަންހެނަކު ވަނީ ނިޔާވެފައެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވެސް ކޮވިޑަށް ފަރުވާދެމުން ދިޔަ މީހަކު ވަނީ ނިޔާވެފައެވެ.


Advertisement
- ކޮމެންޓް