ކ. މާލެ
|
25 އޮކްޓޯބަރ 2021 | ހޯމަ 22:16
ރައީސް ޞާލިޙް، ޔޫ.އޭ.އީގެ ބޮޑުވަޒީރު، އަދި މިނިސްޓަރ އޮފް ޑިފެންސް، ދުބާއީގެ ވެރިޔާއާއެކު ދުބާއީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވިލިއަން ބައްލަވާލައްވަނީ
ރައީސް ޞާލިޙް، ޔޫ.އޭ.އީގެ ބޮޑުވަޒީރު، އަދި މިނިސްޓަރ އޮފް ޑިފެންސް، ދުބާއީގެ ވެރިޔާއާއެކު ދުބާއީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވިލިއަން ބައްލަވާލައްވަނީ
ރައީސް އޮފީސް
ދުބާއީ އެކްސްޕޯ 2020
ރައީސް ޞާލިޙް، ދުބާއީގެ ވެރިޔާއާއެކު "ދުބާއީ އެކްސްޕޯ 2020"ގެ ރާއްޖޭގެ ޕެވިލިއަން ބައްލަވާލައްވައިފި
އެކްސްޕޯގައި ރާއްޖޭގެ ޕެވިލިއަން ޤާއިމުކޮށްފައި ހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމާއެކު ދުބާއީ އެކްސްޕޯ 2020ގައި ބަހައްޓާފައިހުރި ރާއްޖޭގެ ޕެވިލިއަންއަށް މިއަދު ހަވީރު ޒިޔާރަތްކުރައްވައި, އެތަން ބައްލަވާލައްވައިފިއެވެ.

އެކްސްޕޯގައި ރާއްޖޭގެ ޕެވިލިއަން ޤާއިމުކޮށްފައިހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގައެވެ. އަދި ރާއްޖޭގެ ޕެވިލިއަން ހަދާފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚާއި، ޘަޤާފަތާއި، ގުދުރަތީ ދިރުންތަކާއި، ކެއުންތަކާއި އަދި އާރޓްސް، ވިޜުއަލް އާރޓްސްގެ ޒަރީއާއިން ތަޖުރިބާކޮށްލެވޭ ގޮތަށެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި, ދެމެހެއްޓެނިވި ގޮތެއްގައި ކަންކަންކޮށް, އުންމީދީ މުސްތަޤްބަލަކަށް އެދި ޒަމާނުއްސުރެ, އަދި މިހާރުވެސް ރާއްޖެއިން ވަކާލާތު ކުރަމުންގެންދާ މަސައްކަތްތައްވެސް ރާއްޖޭގެ ޕެވިލިއަންގެ ތީމްގެ ތެރޭގައި ހިމަނާފައިވެއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔޫ.އޭ.އީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
- ކޮމެންޓް