މި އަހަރުގެ ރަމަޟާން މަހުވެސް ދާއިރާގެ ހުރިހާ ރައްޔިތުންނަށް ކާޑު ފޮނުވާނެ ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާލުވެއްޖެ އެވެ.
ބުދަ ދުވަހު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުން ޑަބްލް އަގު ބޮޑުވިޔަސް މިއަހަރުވެސް ތިމަރަފުށި ދާއިރާގެ ހުރިހާ ރައްޔިތުންނަށް ކާޑު ފޮނުވާނަން ކަމަށެވެ.
Kaaduge agu double bodu viyas mi faharuves Thimarafushi dhaairaage Hurihaa Rahyithun nah kaadu fonuvaanan. insha Allah
— Mohamed Musthafa (@Thimarafushi) May 24, 2017
މުސްތަފާ މީގެ ކުރިންވެސް ރަމަޟާން މަހަށް ތިމަރަފުށި ދާއިރާގެ ރައްޔިތުންނަށް ކާޑު ފޯރުކޮށްދީފައި ވެއެވެ.
ޒަމާނުއްސުރެން ރައްޔިތުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުދިޔަ ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ ހަކުރު އަދި ފުށް އަގުހެޔޮ ކުރުމަށް ދޭ ސަބްސިޑީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މި ސަރުކާރުން ވަނީ ކަނޑާލާފަ އެވެ. އެހެންކަމުން ކާޑުގެ އަގު ޑަބަލް ބޮޑުވެގެން ގޮސް ގިނަ ރައްޔިތުން އެކަމާ ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
@Thimarafushi Varah kandu gadha. Vaige magun namaves fonuvan jeheyne
— Ibrahim Rasheed (@BondeM4) May 24, 2017
Air fright kohgen ves Rahyithun nah Ramazaan mahah kaadu fonuvan jehey neh nu. https://t.co/lriOyfKpZD
— Mohamed Musthafa (@Thimarafushi) May 24, 2017