Advertisement
ކ. މާލެ
|
23 މެއި 2017 | އަންގާރަ 13:31
އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ޔާމީން ބައިވެރިވަޑައިގަންނަވަނީ
އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ޔާމީން ބައިވެރިވަޑައިގަންނަވަނީ
ޓްވިޓަރ
ރައީސް ޔާމީން
ސައުދީއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރައީސް ޔާމީނު ވަނީ މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައި
މިސަމިޓުގައި ރައީސް ޔާމިން ތަގްރީރު ނުކުރައްވާ
ސަމިޓްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އެމެރިކާގެ ރައީސްގެ ތަގުރީރަށް

ސައުދީ އަރައްބިއްޔާގެ ރިޔާޒުގައި ބޭއްވި އަރަބް އިސްލާމިކް އެމެރިކަން ސަމިޓް ގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ރައީސް އަބްދުﷲ ޔާމީނު އެނބުރި މާލެ ވަޑައިގެންފި އެވެ.

 

އެމަނިކުފާނު މާލެ ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

 

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސައުދީ އަރަބިއްޔާއަށް ކުރެއްވި މި ދަތުރުފުޅަކީ ސައުދީގެ ރަސްގެފާނު ސަލްމާނު ބިން އަބްދުލްއަޒީޒް އާލް ސައުދުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

 

އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ތަގުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި ކުރިން ބުނެފައި އޮތަސް، އެ މަނިކުފާނު ތަގްރީރެއް ނުކުރައްވަ އެވެ. ރައީސް ޔާމީން ތަގްރީރު ކުރެއްވުމުގެ ކުރިން ސަމިޓް ނިންމާލި އެވެ. 

 

ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ މި ސަމިޓްގައި 55 ގައުމެއްގެ އެންމެ މަތީ ވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒެވެ. 

 

މި ސަމިޓްގައި  އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ  އިތުރުން އުރުދުންގެ ރަސްގެފާނާއި، މިސްރުގެ ރައީސްވެސް ވާހަކަފުޅު ދެއްކެވި އެވެ. 

 

ސަމިޓް ހުޅުއްވައިދެއްވުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި ޓެރަރިޒަމްއާ، ހައްދުފަހަނަ އަޅާ ދިއުމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސަރަހައްދުގެ ގައުމުތަކަށް އެމެރިކާއިން ދޭ އެހީތެރިކަން ފާހަގަ ކުރެއްވާ ތައުރީފް ކުރެއްވިއެވެ.

 

ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންވަނީ އިސްލާމް ދީނަކީ، ހައްދު ފަހަނަ އަޅާ ދިއުމާ ގުޅުމެއް އޮތް ދީނެއް ނޫންކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 މެއި 2017 | އަންގާރަ 16:42
އައްލާ އައްޑޫ ހިތަދޫ ބަދަރުން
މިރައީސް ހާދަ އެކަނި ވެރިވެފަ ސައުދީ އެއްކަމަކު މިހެން ހަދައިގެން ނުވާނެ މިރައީސް އަށް