Advertisement
ކ. މާލެ
|
23 މެއި 2017 | އަންގާރަ 06:55
ކުނޫޒުގައި އިދިކޮޅު ފަރާތަކުން ބޭއްވި ޖަލްސާްއެއްގެ ތެރެއިން
ކުނޫޒުގައި އިދިކޮޅު ފަރާތަކުން ބޭއްވި ޖަލްސާްއެއްގެ ތެރެއިން
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި
މި ބައްދަލުވުމުގައި އިދިކޮޅު ހުރިހާ ފަރާތްތަކަކުން ބައިވެރިވި
ޔޫރަޕިއަން ޔޫނިއަން ގެ ވަފުދުގައި ޖަރުމަނާއި އިނގިރޭސި ވިލާތާއި އިޓަލީ އަދި ސްވިޑްންގެ ސަފީރުން ހިމެނޭ
ޓެރަރިޒަމްގެ މައްސަލަތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފަ

ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ ވަފުދަކުން އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފި އެވެ.

 

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ހޯމަ ދުވަހުގެރޭ 8:30 ގައި ހޮޓަލްޖެންގައެވެ. މި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ހުރިހާ ފަރާތަކަކުން ބައިވެރިވިއެވެ.

 

މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި އަދާލަތު ޕާޓީގެ ފަރާތުން ޝިދާތާ ޝަރީފް ގެ އިތުރުން ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ބައްދަލުވުމުގައި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުންނާއި އިދިކޮޅު ފަރާތަކުގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވަނީ މަސްވަރާ ކޮށްފައެވެ. ހާއްސަކޮށް ޓެރަރިޒަމްގެ މައްސަކަތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

 

ޔޫރަޕިއަން ޔޫނިއަން ގެ ވަފުދުގައި ޖަރުމަނާއި އިނގިރޭސި ވިލާތާއި އިޓަލީ އަދި ސްވިޑްންގެ ސަފީރުން ހިމެނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް