ކ. މާލެ
|
29 ސެޕްޓެންބަރ 2021 | ބުދަ 12:40
ފަތުރުވެރިން ރާއްޖެ އައުން
ފަތުރުވެރިން ރާއްޖެ އައުން
ވެލާނާ އެއާޕޯޓް
ރެޑް ލިސްޓުން ރާއްޖެ އުނިކުރުން
އިޓަލީވިލާތުގެ "ރެޑް ލިސްޓުން" ރާއްޖެ އުނިކޮށްފި
 
އެ ޤައުމުގެ ގްރީން ލިސްޓަށް ރާއްޖެ ލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު

އިޓަލީވިލާތުގެ "ރެޑް ލިސްޓުން" ރާއްޖެ އުނިކޮށްފިއެވެ.

އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ ނެގުމަށްފަހު އެ ޤައުމުގެ ގްރީން ލިސްޓަށް ރާއްޖެ ލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ރާއްޖޭގެ އިތުރުން އެހެން 7 ގައުމެއް ވެސް ވަނީ އިޓަލީގެ ގްރީން ލިސްޓަށް ލާފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭސް، މިސްރު، ކެންޔާ، އޮމާން، ޕާކިސްތާން، ސްރީލަންކާ، އަދި ތުރުކީއެވެ.

އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރުމުން ރާއްޖެއައިސް އަނބުރާ އެ ގައުމަށްދާ މީހުން ކަރަންޓީންވާކަށް ނުޖެހޭނެއެވެ. އިޓަލީވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފައިވާއިރު އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ވަނީ ދާދި ފަހުން އުނިކޮށްފައެވެ. އެ ގައުމުން އެންމެ ފަހުން އަޕްޑޭޓް ކޮށްފައިވާ ލިސްޓްގައި ރާއްޖެއާއެކު 8 ގައުމެއް ވަނީ ރެޑް ލިސްޓުން އުނިިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތުރުކީ، މިސްރު، ދިވެހިރާއްޖެ، އޮމާން، ބަނގްލަދޭޝް، ޕާކިސްތާން އަދި ކެންޔާއެވެ.

ރާއްޖެ އެ ލިސްޓުން އުނިކޮށްފައިވަނީ މި މަހުގެ 22ން ފެށިގެންނެވެ. އޮކްޓޯބަރ 4 ވަނަ ދުވަހުން ފެށިގެން އެ ގައުމުތަކުން ޔޫކޭއަށް ދާ ފަތުރުވެރިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާނަމަ ޕީސީއާރް ޓެސްޓަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށާއި އެ ގައުމަށް އެތެރެވާތާ 2 ދުވަސް ތެރޭގައި ޓެސްޓް ހެދުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް ސެކެޓްރީ ގްރާންޓް ޝަޕްސް ވަނީ ވިދާޅުވެފައެވެ. އަދި ރެޑް ލިސްޓްގަައި ނުހިމެނޭ ގައުމުތަކުން ދަތުރުކުރާ މީހުންނަށް އަމިއްލަ ގޭގައި ނުވަތަ ބޭނުންވާ ތަނެއްގައި ކަރަންޓީން ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންނަމަވެސް ރެޑް ލިސްޓްގައި ހިމެނޭ ގައުމުތަކުން ދަތުރުކުރާ މީހުން ކަރަންޓީންވާން ޖެހޭނީ، ޔޫކޭގެ ސަރުކާރުން ކަނޑައަޅާ ތަނެއްގައެވެ.

ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފައިވަނީ އެ ލިސްޓުގައި އޮންނަތާ މަހެއްހާ ދުވަސް ފަހުންނެވެ. ޔޫކޭ ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މަންޒިލްތަކުގެ ތެރޭގައެވެ. އެހެންކަމުން ރެޑް ލިސްޓުން ރާއްޖެ އުނިވުމާއެކު ފަތުރުވެރިންގެ ޑިމާންޑް އަންނަނީ އިތުރުވަމުންނެވެ. ދިވެހިރާއްޖެއަށް ދަތުރުނުކުރުމަށް އިނިގރޭސިވިލާތުން އިން ނެރުނު ޓްރެވެލް އެޑްވައިޒަރީ އުވާލުމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން ކޮންމެހެންކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމުގެ އިރުޝާދެއް މިހާރު ނެތް ކަމަށާއި އެގައުމުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރު ކަމަށެވެ.

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ރަނގަޅުވެ، ރާއްޖޭގެ އިޤްތިޞާދު ވެސް ރަނގަޅުވެގެންދާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ލަފާކުރެއެވެ. އަދި ސަރުކާރުގެ އަމާޒާ އެއްގޮތަށް މި އަހަރު ނިމުމުގެ ކުރިން 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް އެމްއެމްއޭއިން ބުނަމުންދެއެވެ. މިކަން ކުރެވޭނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މިހާރު ކުރިއަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެއްބާރުލުންދީ، ބަލި ފެތުރުން ކޮންޓްރޯލްކުރެވިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް