ކ. މާލެ
|
26 ސެޕްޓެންބަރ 2021 | އާދީއްތަ 21:53
އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ހިންގި މާރާމާރީގައި ޒަޚަމްވި ޒުވާނެއް
އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ހިންގި މާރާމާރީގައި ޒަޚަމްވި ޒުވާނެއް
ސޯޝަލް މީޑިއާ
މާރާމާރީގެ މައްސަލަ
އައްޑޫގައި ހިންގި މާރާމާރީގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި
ހައްޔަރު ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި 2 ފިރިހެނުން
ހިތަދޫ ފްލެޓް ސަރަހައްދުގައި ހިންގި މާރާމާރީގައި ޒަޚަމްވި ޒުވާނާގެ ހާލު ސްޓޭބަލް
މި 2 މާރާމާރީގެ މައްސަލަ ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

އައްޑޫ ސިޓީގައި މިމަހުގެ 17 ވީ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ހިތަދޫގައި ހުކުރު ދުވަހުގެ ރޭ 20:05 ހިންގި މިމާރާމާރީގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށާއި 23 އަހަރުގެ އަންހެނަކަށެވެ. މި 2 މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި 2 ފިރިހެނުން ކަމަށެވެ. އަދި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

Advertisement

މީގެ އިތުރުން ހުކުރު ދުވަހުގެ މެންދުރު 12:08 ހާއިރު އައްޑޫ ސިޓީ ހިތަދޫ ފްލެޓް ސަރަހައްދުގައި ހިންގި މާރާމާރީގައި 29 އަހަރުގެ ޒުވާނެއް ޒަޚަމްކޮށްލާފައިވެއެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާއިރު، ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މި މާރާމާރީގައި މީހަކު ހައްޔަރު ކޮށްފައިވާއިރު، ޝަރީއަތް ނިމެންދެން އޭނާ ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިދެ މާރާމާރީގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް