ކ. މާލެ
|
26 ސެޕްޓެންބަރ 2021 | އާދީއްތަ 16:42
ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލު ނުވެ އޮންނަ މައްސަލައެއް
ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލު ނުވެ އޮންނަ މައްސަލައެއް
ރާއްޖެއެމްވީ
ހިޔާ ފްލެޓް
ހިޔާ ފްލެޓަށް ބަދަލުވުން އެންމެފަހުން މިވީ ބޮޑު ވޭނަކަށް
 
ހިޔާ ފްލެޓްގައި ހުރި ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފެޓިޝަނެއް ވެސް ހުށަހަޅާފައި

ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލު ނުވެ އޮންނަ މައްސަލައެކެވެ. ކޮންމެ ސަރުކާރެއް އައި ކަމުގައިވީނަމަވެސް ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކުގެ ލިސްޓު ނަގާ ކިޔާއިރު ބޯހިޔާވަހިކަން އޮންނަނީ އެންމެ ކުރީގައެވެ. ކޮންމެ މީހަކު ވެސް ދިރިއުޅޭނެ އަމިއްލަ ތަނެއް އެބަ ބޭނުންވެއެވެ. މާލޭގައި ގިނަ މީހުން ދިރިއުޅެނީ ކުއްޔަށެވެ. ދިރިއުޅެމުންދާ ތަނަށް ބޮޑު ކުލި ދެއްކުމަށްފަހު ދިރިއުޅުމުގެ އެހެން ޚަރަދުތައް ދެކޮޅު ޖެއްސުމަށް ވެސް ދަތިތަކާއި ކުރިމަތިވެއެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ކޮންމެ ސަރުކާރަކުން ވެސް ވައުދުވެއެވެ. ކުޑަ އަގު ދައްކައިގެން ވަންނާނެ އަމިއްލަ ހިޔަލެއް ހޯދައި ދޭނެ ކަމަށް ބުނެއެވެ. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކަމަށް ބުނެ އެކި ސަރުކާރުތަކުން ވަނީ ފްލެޓްތައް ދޫކޮށްފައެވެ. އެގޮތުން ދާދި ފަހުން ސަރުކާރުން ވަނީ ހިޔާ ފްލެޓް ލިބުނު މީހުންނަށް އެ ފްލެޓްތައް ދޫކޮށްފައެވެ. އަދި މިހާރު ވެސް ދަނީ ދޫކުރަމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ. މި ފްލެޓުތައް ލިބުމާއެކު އެއްކަލަ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވެގެން ދިޔުމުގެ އުންމީދު އަނެއްކާވެސް އާލާވެގެން ދިޔައެވެ. ފިނިޝިންގެ މަސައްކަތްތައް ނުނިންމާ ވެސް އާއިލާތަކުން ވަނީ ފްލެޓަށް ބަދަލުވާން ފަށާފައެވެ. އެހެންނަމަވެސް ހިޔާ ހޯދުމަށްޓަކައި ބަދަލުވި ހިޔާ ފްލެޓްތަކުން ހިޔާވަހިކަމެއް ނުލިބުނެއެވެ.

އެތަނަށް ބަދަލުވި އާއިލާއަކުން ވަނީ ފްލެޓުތަކުގައި ފެންބޮޑުވާ މައްސަލަ އަދި ފެން ހޮޅިތަކުން ފެން ފައިބާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ އެޕާޓްމަންޓުގެ ޝީޓުގެ މަތިންނާއި ކުޑަ ދޮރުތަކުން ވެސް ފެން އެތެރެއަށް ވަންނަ ކަމަށެވެ. ވާރޭވެހިއްޖެނަމަ ކުޑަދޮރުތައް ލައްޕާފައި ހުއްޓަސް ފެން ފައިބާ ކަމަށާއި ފެން ހޮޅިތަކުން ވެސް ފެން ފައިބާ ކަމަށެވެ. އެޗްޑީސީން ބުނީ މިކަންތައްތައް ބަލަމުންދާ ކަމަށާއި ގެނެވޭނެ ހައްލުތަކަކީ ކޮބައިތޯ ބަލާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިކަންތައްތައް މިހެން ހުރިއިރު ހިޔާ ފްލެޓުތައް ކައިރީގައި ގިނަ އަދަދެއްގެ ކުނި ހުރި މައްސަލަ ބޮޑުވެފައިވާއިރު ކުނި ނެގޭނެ އިންތިޒާމެއް ނެތި ބައެއް ސަރަހައްދުތައް ގޮނޑުވުމުން ވެސް އެކަމުގެ ޝަކުވާ ރައްޔިތުން ވަނީ ކޮށްފައެވެ. ރައްޔިތުންގެ ޝަކުވާތަކާއި ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވަނީ، ކުނި ކަލެކްޓް ކުރަން ވަކި ތަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ފްލެޓްތައް އެޅުމުގެ ވާހަކަ ފެންމަތިވެގެން އައިރު ކުރީ ސަރުކާރުން ބުނީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ފްލެޓް ދޭނެ ކަމަށެވެ. އެހެންނަމަވެސް ފްލެޓް ލިބި ތަޅުދަނޑި އަތަށް އަރާ، ތަނަށް ދައްކަން ޖެހޭ މަހު ކުލީގެ އަދަދު އެނގުމުން ގިނަ ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާ ފްލެޓްގައި ހުރި ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފެޓިޝަނެއް ވެސް ހުށަހަޅާފައެވެ. ޕެޓިޝަނާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި އިދާރާ ތަކާއެކު ބޭއްވި ބައްދަލުވުމުގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިކަހަލަ ކުޑަ ކޮށްޓަކަށް ވަންނައިރު 5000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށެވެ. އަތުން އެތައް ޚަރަދެއް ކޮށްފައި 5000 ރުފިޔާ ކުއްޔަށް ދައްކަން ބޮޑު ކަމަށާއި، މިފަދަ ބޮޑު ދެރައެއް ރައްޔިތުންނަށް ދޭއިރު ސަރުކާރުން ކޮންމެވެސް ކަމެއް ކުރަން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވީ، ތަހުގީގު އިދާރާތައް މިއަދު އޮތީ ފެއިލް ވެފައި ކަމަށާއި، ބޭނުން ގޮތަކަށް ލޯނު ނަގާ ޚަރަދު ކޮށްފައިވާކަން ފެންނަން އެބައޮތް ކަމަށެވެ. އަދި ކޮންމެ އެޕާރޓްމެންޓެއް ނިންމިއިރު އަގަށްވުރެ އެތައް ގުނައެއް ކޮންމެ ޔުނިޓަކުން އިތުރުވެފައިވާ ކަމަށާއި، މި މަޝްރޫއުގައި ޚިޔާނާތް އެބައޮތް ކަމަށެވެ. ތަހުގީގު އިދާރާތައް ފެއިލްވެފައިވާތީ، އެކަމުގެ ފައިދާ ނަގަނީ ކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ކުންފުނިތަކުންވެސް އަގު ހުށަހަޅާފައި އޮތްއިރު ހަމަ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް ދިނީ ވަކި ބޭނުމެއްގައި ކަމަށް ސަލީމް ވިދާޅުވިއެވެ. ރައްޔިތުންނަށް ތަކުލީފު ޖެއްސުމަށްފަހު، އޭރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ތިއްބެވީ ހުޅުމާލެއިން ގޯތި ނަގައި، ރަނގަޅަށް ގެދޮރު އަޅުއްވައިގެން ކަމަށް ވިދާޅުވިއެވެ.

މިއަށް ޖަވާބުދެއްވައި އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވީ، މިހާރުވެސް ޑިސްކައުންޓެއް ދެވިފައިވާ ކަމަށާއި، ފިނިޝިންއަށް ދީފައި އޮތް މުއްދަތު ދިގު ދަންމާލައިފި ނަމަ އެތަނުގައި ދިރުއުޅޭ ރައްޔިތުން އުޅޭނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. މަޝްރޫއަށް ނަގާފައިވާ ލޯނު ދެއްކޭނީ އެންމެ ކުޑަކޮށްވެސް 8500 ރުފިޔާ ކުއްޔަށް ނަގައިގެން ކަމަށް ސުހައިލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހިޔާ ފްލެޓާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަންގައި މައިގަނޑު 3 ކަމަކަށް ޑިމާންޑް ކޮށްފައިވެއެވެ. އެގޮތުން ފްލެޓްގެ ކުލި 5،600 އަށް ކުޑަކުރުމާއި، ފްލެޓްގެ ފިނިޝިންގއަށް ދީފައިވާ މުއްދަތު 12 މަސްދުވަހަށް އިތުރުކޮށްދިނުމާއި، ފްލެޓްގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ ކުޑަކުރުމަށް ވަނީ ޕެޓިޝަންގައި ޑިމާންޑްކޮށްފައެވެ.

ހިޔާ ފްލެޓްތައް ލިބުނު ރައްޔިތުން އެތަނަށް ބަދަލުވީ، ދިރިއުޅުމުގެ ކަންތައްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް އެންމެފަހުން އެ ނިކަމެތި ރައްޔިތު މީހާއަށް ވެސް ހިޔާ ފްލެޓަށް ބަދަލުވުން މިވީ ބޮޑު ވޭނަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
11%
2%
4%
55%
19%
9%
ކޮމެންޓް
3 އޮކްޓޯބަރ 2021 | އާދީއްތަ 08:24
އެދުރުބޭ
އިރުއަލި ނަމަކަށް ހަދައިގެން ކޮމެންޓް ކުރާ ކަލޭގެޔަށް ބުނަމެވެ. މި ސަރުކާރަކުން މީހަކު ފްލެޓަށް ހިގައިދާނެތީ ކަންބޮޑުވެގެނެއް ނޫޅެއެވެ. އަވަހަށް ދާށެވެ. ގޮސް އެބުރިނާންނާށެވެ. މީހަކު އަޅާކަހާތަންހިރުވާވެސް ނުލާނެއެވެ. ތެދެއްވާނީ ހަމަތެދަކަށެވެ. ޔާމީނު ބޭނުންހާ ވަރަކަށް ލޯނު ނަގައިގެން ބޭނުންހާ ބޮޑުމިނެއްގައި ތަންހެދެން އޮއްވަ އެހަދާފަ ހުރިތަންތަނުގެ ހާލަތު ކަލޭގޮސް ދެކިބަލާށެވެ. ކުޑަވެގެން އެއިން ތަނެއްގަ މީހަކު ބޭރުބަލައިލަން ހުރެލާނެ ބެލްކަނީ ގަނޑެއްހާ ހިސާބުވެސް ނެތެވެ. އަޅެ ބިން ނެތޡީކިއެއް ނޫނީ ލާރިނެރތީކީއެއްނޫނިއްޔާއެވެ. މިވަރު ތަންކޮޅެއްބޮޑެވެ. ކުޑަކުޑަ ދެ ކޮޓަރި ގަޑު ކޮންމެ އެޕާޓްމެންޓަކަށް ދީފަހުރިއިރު އެއިންތަނަކަށް ދެމަފިރިޔަކު ހަމަޖެހިލައިގެން ނިދާލެވޭވަރުގެ އެތަކާ ދެމީހުންގެ އަންނައުނު ލާނެ އަލަމާރިގަނޑެއް ވައްދައިފިއްޔާ ހަމަޖެހިލައިގެން ނަމާދުކޮށްލާނޭފަދަ ތަންކޮޅެއްވެސް ނެތެވެ. އަނެއްކާ ސިޓިންރޫމާ ކައްކާތަންކޮޅާ ކާންތިބޭ ތަންކޮޅާ މިހުރިހާ ކަމެއްވެސް މިހުރީ ހަމަހިތަށްނާރާހާ ދަތިގޮތަކަށެވެ. އަނެއްކާ އެތަނުގަ އުޅޭމީހުން ކުޑަވެގެން ވުޟޫކޮށްލާނެ އިސްކުރެއްހާ ހިސާބުވެސް ފާޚާނަތެރޭގައި ހަރުކޮށްލާފަ ނެތްއިރު އެއިން ފާޚާނާއެއްގެ ތެރެއަށް ކައްސާލައިގެން މީހަކުވެއްޓުނަށް އެމީހާ ސަލާމަތްކުރަންމީހަކު ވަންނަންވެސް ޖެހޭނީ ގަދަބާރުންނެވެ. ދެންއޮތީ އަނެއްކަންތަކެވެ. އަޅެ ނުކުޅޭދޭ މީހަކު އެއިންކޮޓަރިއެއްގަ އުޅޭނެގޮތެއް ހަމަގައިމުވެއް ކިތަންމެސަނާކިޔަސް ނުވާނެއެވެ. އަނެއްކާ މީން އެޕާޓްމެންޓެއްގެ އަގަކީ 2.8 މިލިޔަން ރުފިޔާއެވެ. އަހަރެން ލީޒިންފައިނޭންޝަލް ކޯޕަރެޝާންގެ މީހަކާ ވާހަކަދެއްކުމުން އޭނަ ބުނީ ތިހިޔާފްލެޓުން އެޕާޓްމެންޓް ގަތުމަށްވުރެ އެޗްޑީސީ އިން މިހަރު ހަދަމުން އެގެންދާ 3 ކޮޓަރީގެ އެޕާޓްމެންޓުން ފްލެޓް ގަތުންވެސް މާރަނގަޅުވާނެކަމަށެވެ. އެތަނުގެ 3 ކޮޓަރީގެ އެޕާޓްމެންޓްގެ އަގަކީ 2.3 މިލިޔަން ރުފިޔާ ކަމަށެވެ. އެހެންވީމާ ހަމަ ޔާމީނު ބޭނުންގޮތަކަށް ލާރިގަޑު ދިރުވާލާފަ ރައްޔިތުންނަށް ޖެއްސި ބަލާވެރިކަމެކޭ މި ހިޔާ ފްލެޓް ތަކަކީ ހަމަ ނުބުނެވޭނެހެއްޔެވެ. ހަމަފިސާރި ތެދެއް ބުނަންހެއްޔެވެ. ޔާމީނު މި ހިޔާ ފްލެޓްތައް 3 ކޮތަރިޔާ 4 ކޮޓަރީގެ ޖާގަބޮޑު އެޕާޓްމެންޓް ތަކެއް ވަށައިގެން ބޮޑުބެލްކަނިލާފަ މުޅިތަންނިންމާފަ ރައްޔުތުންނަށް ދިންނަމަ ފްލެޓް ލިބުނު މީހުންނާ ނުލިބޭ މީހުންނާ އިދިކޮޅޫޕާޓީތަކުގެ މީހުންނާ މުޅި ދިވެހި ހުރިހާ ރައްޔިތުން ޔާމީނު އުމުރަށް ދިވެހިރާއްޖޭގެ ވެރިޔަކަށް ބެހެއްޓީސްކަންހަމަގައިމު. އެކަމު މީހާ ހިސާބަށްވުރެ ކޮރަޕްޓްވެ ވައްކަންކުރާހިތްވީމާ ވާނެ ހައެތި އެއޮތީވެފައެވެ. ކިތަންމެ ރުޅިއަޔަސް ހަމަބުނެވޭނީ ހިޔާފްލެޓް ތަކަކީ ހަމަކޮތަރުކޮށި ތަކެކެވެ، އަދި އެއީ ދިވެހިރައްޔިތުންނަށް ޔާމީނުސަރުކާރުން ޖެއްސި ބަލާވެރިކަމެކެވެ.
27 ސެޕްޓެންބަރ 2021 | ހޯމަ 10:48
އިރުއަލި
ފެށުނީއްސުރެ ތި ހިޔާފުލެޓްތަކަށް މީހަކުގޮސްފާނެތީ މިސަރުކާރުން ކުރަންހުރި ހުރިހާ ޖެއްސުމެއް ދަނީ ކުތަމުންނެވެ. ނުވިތާކަށް ސަރުކާރަށްތާއީދުކުރާ ނޫސްތަކާ ޓީވީ ތަކުންވެސް ފަނީ ހަމަ އެކަން ކުރަމުންނެވެ. ދުނިޔޭގަ އިންސާނުން ހަދާ އެއްޗެހީގެ ތެރޭގައި މައްސަލައެއް ނުޖެހި މަރާމާތުކުރަންނުޖެހޭ އެއްޗެއް އެބަހުރިތޯ. މާލޭގަ ބޮޑެތި މަހުޖަނުން ހަދާފަހުރި ތަންތަނަށްވެސް ފެންވަދެ ފެންފައިބާގޮތް ވެއެވެ. މިފަދަކަން ދެން ކުރަންޖެހޭނެ ކަމަކީ އެކަން ހައްލުކުރުމެވެ. މިވާގޮތަކީ ހިޔާ ފުލެޓުގައި ހަރުކުރާ ފަންކާއެއް ހަލާކުވިއަސް އެކަމަށް ޚަބަރެއް ހަދާ ޕްރޮޕެގެންޑާ ހިންގަން ޖެހޭމެއެވެ.