ކ. މާލެ
|
25 ސެޕްޓެންބަރ 2021 | ހޮނިހިރު 19:40
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު 2021
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު 2021
ރާއްޖެއެމްވީ
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021
ވާދަވެރިކަމުގެ މާހައުލެއް އޮތުމަކީ ބައިބައިވުމެއް ނޫނެވެ.
 
އެމްޑީޕީގެ ތެރެއިން ފެނިގެން އެދިޔައީ ފުރާފުރިހަމަ ވެފައިވާ ޕާޓީއެއްކަމުގެ ހެކި
 
ދިވެހި ޑިމޮކްރަސީގެ ކުރިމަގު ދެންވެސް އޮންނާނީ އެމްޑީޕީއާ ގުޅިފައި

އިލްމުވެރިޔަކު ވިދާޅުވިއެވެ. ޑިމޮކްރަސީއަކީ ބަގީޗާއެކެވެ. އެ ބަގީޗާގައި ހެދޭ އެންމެ ރީތި ގަހަކީ ޕާޓީތަކެވެ. މާމެލާމެލީގެ އެންމެ ވަސްމީރު މޫސުމަކީ ގައުމީ އިންތިޚާބުތަކެވެ. މިއީ ވަރަށް ބޮޑު ތެދެކެވެ. ގައުމެއްގައި ޑިމޮކްރަސީ އަށަގެންފައިވާ މިންވަރާއި ޑިމޮކްރަޓިކް ވެއްޓަށް އެތަނެއްގެ އަހުލުވެރިން ހޭނި ފަރިތަވެފައިވާ މިންވަރު ދައްކައިދޭނީ އެތަނެއްގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުންނެވެ.

ޑިމޮކްރަސީގެ އެންމެ ފޮނި މޭވާއަކީ މިނިވަން އިންސާފުވެރި އިންތިޚާބެވެ. ހަމައެގޮތަށް އެ ޕާޓީތަކަކީވެސް ޑިމޮކްރަޓިކް އުސޫލުތަކުގެ ތެރެއިން ޕާޓީގެ އެކި ގުނަވަންތަކަށް މެންބަރުން އިންތިޚާބު ކުރެވޭ ޕާޓީތަކަށްވާން ޖެހެއެވެ. ޕާޓީގެ ތެރެއިންވެސް ޑިމޮކްރަސީ ފެންނާންޖެހެއެވެ. ގައުމީ ކަންކަމުގައިވެސް އޮތީ އެ ހަމަޔާއި އުސޫލެވެ.

ދިވެހިރާއްޖޭގައި މިނިވަންކަމާއެކު ޕާޓީތައް ހަރަކާތްތެރިވެގެން އެކި ޕާޓީތަކުން އިންތިޚާބުތަކުގައި ވާދަކުރުމުގެ ސަގާފަތަށް އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. ޑިމޮކްރަޓިކް ހަމަތަކަށް ފެތޭ ރިޔާސީ އިންތިޚާބެއް އެންމެ ފުރަތަމަ ބޭއްވުނީވެސް 2008 ވަނަ އަހަރުގައެވެ.

ދިވެހި ޑިމޮކްރަސީގެ ބަގީޗާގައި ހެދިފައިވާ އެންމެ ރީތި އަދި ދުޅަ ހެޔޮކަން ބޮޑު ގަހަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއެވެ. ދިވެހި ޑިމޮކްރަސީ ކުރަހައިލެވޭ ކޮންމެ ތަސްވީރަކުންވެސް އެންމެ ފާޅުކަން ބޮޑުގޮތެއްގައި ފެންނާނީ އެމްޑީޕީއެވެ. ދިވެހި ޑިމޮކްރަސީއާ އެންމެ ބޮޑަށް ގުޅިފައިވާ ޕާޓީއަކީވެސް އެމްޑީޕީއެވެ. ޑިމޮކްރަސީއަށްޓަކައި އެންމެ ބޮޑަށް ވަކާލާތުކޮށް އިންގިލާބީ ބަދަލުތަކުގެ މޭސްތިރިކަންވެސް އޮތީ އެ ޕާޓީއަށެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

ދިވެހި ޑިމޮކްރަސީގެ ބަގީޗާގައި އެންމެ ވަސްމީރު މައު ފޮޅޭ ގަހަކަށް އެމްޑީޕީ ވެފައިވަނީ އަމަލާއި ބަހުންވެސް ޑިމޮކްރަޓިކް ހަމަތަކާއި އުސޫލު ދެއްކުމުގައި ފަސްނުޖެހޭތީއެވެ. އެންމެ އިންސާފުވެރިކޮށް އެންމެ ވާދަވެރިކޮށް އެތެރޭގެ އިންތިޚާބުތަކުގެ ކަންކަން އިންތިޒާމުކުރާ ޕާޓީ ކަމަށްވާތީއެވެ. އަމަލާއި ބަސްދިމާކޮށް ނަމޫނާ ދައްކާ ޕާޓީކަމަށްވާތީއެވެ.

ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވާ ފަދައިން ވޯޓުން ކަންކަން ނިންމާ ޕާޓީކަމަށްވާތީއެވެ. ދިވެހިރާއްޖޭގައި އުފެދިފައިވާ ހުރިހާ ޕާޓީތަކުން މި މަންޒަރު އަދި ނުފެނެއެވެ. ގައުމީ އިންތިޚާބުތައް އިންސާފުވެރިކޮށް ބޭއްވުމަށް ވަކާލާތުކުރާ ފަދައިން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތައްވެސް އިންސާފުވެރިކުރަން އެޕާޓީން ނުހަނު ބޮޑު ސަމާލުކަމެއް ދެއެވެ. ދިވެހިރާއްޖޭގެ އެންމެ ގިނަ ބަޔަކު އެމްޑީޕީގެ ފަލްސަފާ ބަލައިގަތުމުގެ ސިއްރަކީ އެއީއެވެ.

އެމްޑީޕީގެ އެންމެ އިސް ގުނަވަނަކީ އެ ޕާޓީގެ ގައުމީ މަޖިލީހެވެ. ޕާޓީގެ ސިޔާސަތު އެކަށައަޅައި މިސްރާބު ކަނޑައަޅައި ޑިމޮކްރަސީ ކަށަވަރު ކުރުމަށްޓަކައި އެންމެ ބޮޑަށް ފާރަވެރިވާ ގުނަވަނަކީ އެމްޑީޕީގެ ގައުމީ މަޖިލީހެވެ. މި މަޖިލީހަކީ މައިގަޑު ގޮތެއްގައި ކޮންމެ ފަސްއަހަރަކުން އެއްފަހަރު އިންތިޚާބު ކުރެވޭ މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. މި އިންތިޚާބަށް ކިޔަނީ ދާއިރާތަކުގެ އިންތިޚާބެވެ.

މިއަދު ފެނިގެން އެދިޔައީ މި އިންތިޚާބެވެ. އެމްޑީޕީގެ ތާރީޚުގައިވެސް އެންމެ ވާދަވެރިކޮށް އެންމެ ފޯރީގައި ބޭއްވުނު އިންތިޚާބު ފެނިގެންދިޔައީ މިއަދުއެވެ. ސިއްހަތު ރަގަޅު ޕާޓީއެއް ކަމަށް ވަންޏާ އެތެރޭގެ އިންތިޚާބުތަކުގެ ވާދަވެރިކަމާއި ފޯރި ގަދަވާނެއެވެ. މިއަދު ފެނިގެން އެދިޔައީ އެމަންޒަރެވެ. ފެނިގެން އެދިޔައީ އެމްޑީޕީގެ އެތެރޭގައި ޑިމޮކްރަޓިކް ރޫހު ވަރުގަދަކަމާއި ސިއްހަތު ރަގަޅު ކަމެވެ.

އެމްޑީޕީގެ ދާއިރާތަކުގެ ތެރެއިން އާބާދީ ބޮޑު ދާއިރާތަކުގެ ރައީސުންގެ މަގާމަށް ހަގީގަތުގައިވެސް ވަރަށް ބޮޑު ވާދަވެރިކަމެއް އޮތެވެ. ހޫނު ކެމްޕޭނުތަކެއް ފެނުނެވެ. މިކަން އެންމެ ބޮޑަށް ފެނިގެންދިޔައީ މާލެ ސިޓީންނެވެ. އައްޑޫ ސިޓީއާއި އެ ސިޓީގެ ދާއިރާތަކުންނެވެ. ދެންވެސް ހައިޕްރޮފައިލް ކެންޑިޑޭޓުން ވާދަކުރެއްވި ދާއިރާތަކުންނެވެ.

ހައިޕްރޮފައިލް ކެންޑިޑޭޓުންގެ ތެރޭގައި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ހިމެނިވަޑައިގެންނެވިއެވެ. ކުރީގެ މޭޔަރުންވެސް ހިމެނިވަޑައިގެންނެވިއެވެ. ހުރިހާ ބޭފުޅުންވެސް ވާދަކުރެއްވީ ޕާޓީގެ އުސޫލުތަކާއި ޑިމޮކްރަސީއަށްޓަކައެވެ. އެކި ކެންޑިޑޭޓުން ނިސްބަތްވެވަޑައިގަންނަވަނީ ޕާޓީގެ އެކި ފެކްޝަންތަކަށެވެ. އެކި ފެކްޝަންތަކުން ކެމްޕޭނުކުރީ އެބަޔަކު ކަންކަމަށް އިސްކަންދޭ ތަރުތީބު ހާމަކުރުމާއެކީގައެވެ.

ޕާޓީއެއްގެ ތެރޭގައި ފެކްޝަން އުފެދުމަކީ ޕާޓީ އޮތީ ބައިބައިވެފައި ކަމަށް ދަލީލު ކުރާ ކަމެއް ނޫނެވެ. އެއިން ދޭހަކޮށްދެނީ ކަންކަމާއި ކުރިމަތިލުމަށާއި ކަންކަން ހައްލު ކުރުމަށް ތަފާތު ވިސްނުންތަކެއް ގެންގުޅޭ ކަމެވެ. ތަފާތު ވިސްނުމާއި ޚިޔާލަށް ޖާގަ އެބައޮތް ކަމެވެ. މިއީ ޑިމޮކްރަޓިކް ހަމަ ކޮންމެ ގައުމަކުންވެސް ފެންނަ މަންޒަރެކެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަކީ އިންޑިޔާއެވެ. އެ ގައުމުގެ އެންމެ ބޮޑު ދެޕާޓީއަކީ ބީޖޭޕީ އާއި ކޮންގްރެސް ޕާޓީއެވެ. އެ ދެ ޕާޓީގައިވެސް ފެކްޝަންތަކެއް އުޅެއެވެ. ބައެެއް ދުވަސްވަރު ފެކްޝަންތަކުގެ ކުލަވަރު ވަރަށް ގަދަވާނެއެވެ.

ޚާއްސަކޮށް އެތެރޭގެ އިންތިޚާބުތަކުގެ ދުވަސްވަރު ފެކްޝަންތަކުގެ ކުލަ ގަދަވެފައި އަޑުވެސް ގަދަވާނެއެވެ. އެމްޑީޕީގެ ތެރެއިންވެސް ފެނިގެންދިޔައީ އެކަހަލަ މަންޒަރެކެވެ. ފެނިގެން އެދިޔައީ މަގާމުތަކަށް ވާދަކުރެވޭ މާހައުލެއް ހުޅުވިފައި އޮތްކަމާއި ތަފާތު ވިސްނުންތަކަށް ޖާގަ ލިބިފައި އޮތް ކަމެވެ.

މިއީ އެމްޑީޕީއަކީ ފުރާފުރިހަމަވެފައިވާ ޑިމޮކްރަޓިކް ޕާޓީއެއްކަން އިތުރަށް ޔަގީންވެގެން ދިޔަ ކަމެކެވެ. ދިވެހި ގައުމުގެ މުސްތަގުބަލް އޮތީ އެމްޑީޕީގެ އަތުގައިކަން ކަށަވަރުވެގެންދިޔަ ކަމެކެވެ. މިއީ ޑިމޮކްރަޓިކް ސަގާފަތާ ބީރައްޓެހި މީހުންނަށް އަދި އެހެން ގޮތަކަށް މާނަކުރެވިދާނޭ މަންޒަރެކެވެ. ކޮންމެ ވާދަވެރިކަމަކީ ބައިބައިވުމެއް ކަމަށް ބައެއް މީހުންނަށް ހީވަނީ އެހެންވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި