ކ. މާލެ
|
24 ސެޕްޓެންބަރ 2021 | ހުކުރު 22:47
ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 391،542 ށް އަރާފައި
ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 391،542 ށް އަރާފައި
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
ބުރާސްފަތި ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރީ 826 މީހުން
ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދަކީ 335،199

ރާއްޖެއިން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 826 މީހުން ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭގެތެރޭގައި މާލެ ސަރަހައްދުން ވެކްސިން ޖެހި 225 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 601 މީހުން ހިމެނޭ ކަމަށެވެ. ބުރާސްފަތި ދުވަހު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 115 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 77 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 38 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 391،542 ށް އަރާފައެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 335،199ށް ވަނީ އަރާފައެވެ.

ވެކްސިން ޖެހުމުގެ ކަންތައްތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދާއިރު ދުނިޔެ ބަލައިގަންނާނެ ގޮތަށް ކޮވިޑް-19 ވެކްސިންގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ވެސް ވަނީ ތައާރަފުކޮށްފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން "ކޮވިޑް ސޭފް ޑިޖިޓަލް ޕާސްޕޯޓުގެ" ގެ ނަމުގައި ވެކްސިން ޕާސްޕޯޓު ތައާރަފްކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

އެޗްޕީއޭން ބުނީ ރާއްޖޭގެ ކޮވިޑްސޭފް ޕޯޓަލް އަކީ މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓްކަމުގައެވެ. ކޮވިޑްސޭފް އިން 4 ހާލަތެއް ޑިޖިޓަލްކޮށް ކަށަވަރު ކޮށްދެއެވެ. އެއީ އެމީހަކު ފުރިހަމަކޮށްފައިވާ ވެކްސިން ޑޯޒާއި އެމީހެއްގެ ކޮވިޑް-19ގެ ސިއްހީ ހާލަތާއި ކަރަންޓީނުގެ ހާލަތު އަދި އެންމެފަހުން އެމީހަކު ހަދާފައިވާ ޕީސީއާރު ޓެސްޓްތަކުގެ ނަތީޖާއެވެ.

އެޗްޕީއޭން ބުނީ މީހެއްގެ މައުލޫމާތު ހަމައެކަނި ފެންނާނީ އެޗްޕީއޭއަށް އެމީހަކު ދީފައިވާ ފޯނުނަންބަރެއް މެދުވެރިކޮށް އެމީހަކު ކަށަވަރުކުރެވިގެން ކަމަށެވެ. ނުވަތަ ތިމާގެ ކޯވިޑްސޭފް ގެ ހާލަތު ވަގުތީކޮށް އަމިއްލައަށް ޝެއަރކޮށްގެން ކަމަށެވެ.

- ކޮމެންޓް